މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

 މަޤާމް:

އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ނަންބަރ

J-277200

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކުލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން:

އެޑްމިން

ބޭނުންވާ ޢަދަދު

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޭނާސްކޫލް ނ.ހޮޅުދޫ / ދިވެހިރާއްޖެ

މުސާރަ:

-/7035      

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ސަޕޯޓިންގ ކޯ އެލަވަންސް 900.00 ރުފިޔާ  

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  • ސްކޫލުގެ އިދާރީ ކަންކަމާ ގުޅޭ މަސައްކަތްތައް ހިންގުމާއި، އެކަންކަން ހަރުދަނާކުރުމަށް ކުރެވެންހުރި މަސައްކަތްތައްކުރުން އަދި އިދާރީ ހިންގުމާއި ގުޅިގެން ކުރިއަށްގެންދަންޖެހޭ ލިޔެކިޔުމުގެ މަސައްކަތް ސެކްސަންގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވާ ބެލެހެއްޓުން. 
  • ސްކޫލް ބަޖެޓަށް ލިބޭ ފައިސާއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ސެކްސަނުގެ މުވައްޒަފުން ލައްވާ ކުރުވާ ބެލެހެއްޓުން އަދި  އެ އަހަރަކަށް ހަމަޖެހިފައިވާ ބަޖެޓުން ޚަރަދުތައް ހަމަޖެއްސޭތޯ ބެލެހެއްޓުމުގެ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމާއިއެކު ކުރިއަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކުރުން.

 

  • ބަޖެޓްގައި ނުހިމެނޭގޮތުން ސްކޫލްގައި އޮންނަ ދަރިވަރުންގެ ފަންޑްގެ ފައިސާއާއި، އެހެނިހެން ފައިސާގެ އެކައުންޓްތަކުގެ މަސައްކަތް މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސެކްޝަނުގެ މުވައްޒަފުން ލައްވައި ކުރުވާ ބެލެހެއްޓުން

 

  • ސްޓޮކަށް ލިބޭ ތަކެއްޗާއި ހޯދަންޖެހޭ ތަކެތި ހޯދުމުގެ އެންމެހައި ކަންތައްތައް ވަކި މުވައްޒަފަކާ ޙަވާލުކުރައްވައިގެން ފައިސާއާއި ބެހޭ ސެކްސަންގެ މަޝްވަރާގެ މަތިން ހޯދާ ލިބިދިނުން.

 

  • ޢިމާރާތްތަކާއި ގޯތި ކުނިކަހާ ފޮޅާ ސާފުކުރުމާއި، ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ސެކްޝަންގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވާ އެކަން ބެލެހެއްޓުން.

 

  • ސްކޫލްގެ އިމާރާތްތަކާއި، ހަރުމުދަލަށް ލިބޭ ގެއްލުންތައް ( ބިޑްކޮށްގެން ކުރަންޖެހޭވަރުގެ ) ސެކްޝަނާއި މަޝްވަރާކޮށް ގެން މަރާމާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަންކަން ބެލެހެއްޓުން

 

  • މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި ބެހޭ ގޮތުން ލިޔެ ބަލަހައްޓަންޖެހޭ އެންމެހައި ލިޔެކިޔުން ސެކްޝަންގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ލިޔެ ބެލެހެއްޓުން.

 

  • ބެލެހެއްޓުމަށް ހަވާލުކުރެވިފައިވާ އެންމެހާ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުމާއި އެޕްރައިޒް ކުރުން.  

 

  • ސްކޫލުގައި ރޭވޭ ހަރަކާތްތައް ހިނގުމަށް ސްކޫލުގެ އިދާރާއިން ފޯރުކޮށްދޭން އެހީތެރިކަމާއި ހަމަޖައްސަންޖެހޭ އިންތިޒާމްތައް މުވައްޒަފުންނަށް ބަހާލައިގެ ހަމަޖެއްސުން.

 

  • ސްކޫލުން ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލްކުރުމަށް މެނޭޖްމަންޓަށް އެއްބާރުލުންދިނުމާއި ސްކޫލުން ރާވާ އިންތިޒާމުކުރާ އެކިއެކި ހަރާކާތްތަކުގައި ފުރިހަމައަށް ބައިވެރިވުން.

 

  • ޕްރިންސިޕަލް އަންގާ ގޮތެއްގެ މަތިން ސްކޫލުގައި ހިންގޭ އެންމެހައި ޙަރަކާތްތައް ފަހިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތުގެމަތިން ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން

 

ތަޢުލީމީ ރޮނގުތައް:

- އެޑްމިނިސްޓްރޭޝަން

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް

- މެނޭޖްމަންޓް

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

 ގުޅޭ ވަޒީފާގެ ދާއިރާތައް:

- އެޑްމިނިސްޓްރޭޝަން

- މެނޭޖްމަންޓް

ޕްރިފަރޑް ޑިސިޕްލިންތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ކޯރ ޑިސިޕްލިންތައް:

ނެތް

 ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފައިޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށައަޅާފައިވާ ނަމަ ، އެ ފަރާތަކަށް ކްރައިޓީރިއާގައިވާ  ކޯ/ޕްރައިފައިޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.      

 

މަޤާމުގެ ޝަރުތުތައް:

 

1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު  ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

2. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު  ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

3. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

 

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމު (އެޕްލިކޭޝަން ފޯމު މިސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

 

  1. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

(ހ)  މޯލްޑިވްސްކޮލިފިކޭޝަންއޮތޯރިޓީންފެންވަރު/ލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ،ރާއްޖެއިންބޭރުގެމަތީތަޢުލީމުދޭމަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީ؛ނުވަތަ: ސެޓްފިކެޓުނެތްހާލަތްތަކުގައި،ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެމް.ކިއު.އޭއެސެސްމެންޓްރިޕޯރޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ

(ށ)   މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

* ވަޒީފާގެ ޝަރުތު

* ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

* މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

* ލިބިފައިވާ ހުނަރު

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26  މެއި 2021 ގެ 12:00 ގެ ކުރިން،މޭނާސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މިސްކޫލްގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،30 މެއި 2021 އާއި 10 ޖޫން 2021 އާ ދެމެދު،މޭނާސްކޫލް ގައެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި    އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ސްކޫލްގެ ނަންބަރ 6560001 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.   

 

                           19 މެއި 2021

 

19 މޭ 2021
ހޯދާ