އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ ޚިދުމަތަށް ކޮވިޑް-19 އާއި ގުޅިގެން ގެނެވުނު ބަދަލު

ދެންނެވުން

 

އައްޑޫގައި ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕެޑްއެއް އޮތްކަމަށް ބެލެވިފައިވާތީ މިހޮސްޕިޓަލުން ދެމުންދާ ޚިދުމަތްތައް ރައްޔިތުންނަށް ދިނުމުގައި 16 މޭއި 2021 އިން 27 މޭއި 2021ގެ ނިޔަލަށް އަންނަނި ގޮތަށް އަމަލުކުރުމަށް ވަނީ ނިންމާފައެވެ.

1-      ހޮސްޕިޓަލުން ފޯރުކޮށްދެމުން އަންނަ އެމަޖެންސީގެ ޚިދުމަތް ފިޔަވައި އެހެނިހެން ހުރިހާ ޚިދުމަތްތަކެއް މިމުއްދަތުގައި ހުއްޓާލުން.

2-      އެމަޖެންސީގެ ޚިދުމަތް މެދުކެނޑިފައިވާ މުއްދަތުގައި މިހޮސްޕިޓަލުގައި ރެޖިސްޓްރީ ކުރެވިފައިވާ މާބަނޑުމީހުންނަށް މިހޮސްޕިޓަލުން ގުޅައިގެން އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ސިއްހީ ފަރުވާގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދެމުން ގެންދެވޭނެއެވެ.

3-      މާބަނޑުމީހުންގެ ރެޖިސްޓަރގައި އަލަށް ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން މިހޮސްޕިޓަލުގެ ކޯލް ސެންޓަރ ނަމްބަރ 688 5555 އާއި ގުޅުއްވުމުން ރެޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖައްސަވައި ދެވޭނެއެވެ.

4-      ސްޕެޝަލިސްޓް ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކަށް އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

5-      ހިތަދޫ ފިޔަވައި އެހެނިހެން އަވަށްތަކުން ފަރުވާ ބޭނުންވާ ފަރާތްތަކަށް އެމަޖެންސީ ފަރުވާގެ ޚިދުމަތް އެއަވަށެއްގައި ޤާއިމް ކުރެވިފައިވާ ސިއްހީ މަރުކަޒުން ފޯރުކޮށްދެވޭނެއެވެ. އަދި އިތުރުފަރުވާ އަށް އޭ.އީ.އެޗްއަށް ފޮނުވަން ޖެހޭ ފަރާތްތަށް އޭ.އީ.އެޗްއަށް ރިފާރ ކުރެވޭނެއެވެ.

މިފުރުސަތުގައި ރޯގާ ނުވަތަ އެނޫންވެސް ކޮވިޑް-19 ސިމްޓަމް ހުންނަ ފަރާތްތަކުން ސީދާ ހޮސްޕިޓަލަށް އައުމުގެ ބަދަލުގައި ހިތަދޫ އަދި ހުޅުމީދޫ އަވަށުގައި ދިރިއުޅުއްވާ ފަރާތްތަކުން މިދެރަށުގައި ޤާއިމް ކުރެވިފައިވާ ފްލޫ ކުލިނިކަށް ދުރުވުމަށް ދަންނަވަމެވެ. އަދި ހަމައެހެންމެ ހިތަދޫއާއި ގުޅިފައިވާ އެހެން ރަށްތައް ކަމުގައި ވާ ފޭދޫ އަދި މަރަދޫއަދި މަރަދޫފޭދޫގައި ދިރިއުޅުއްވާ ފަރާތްތަކުން އެރަށެއްގެ ހެލްތުސެންޓަރުން ކަނޑައަޅުއްވާފައިވާ ތިރީގައި މިދަންނަވާ ނަމްބަރު ތަކަށް ގުޅުއްވައިގެން ކުރިޔަށް ގެންދިއުމަށް ދަންނަވަމެވެ.

-          ފޭދޫ ސިއްހީ މަރުކަޒު : 689 2021

-          މަރަދޫ ސިއްހީ މަރުކަޒު : 689 0608

 

  ޝުކުރިއްޔާ!

 16 މޭއި 2021  

16 މޭ 2021
ހޯދާ