ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ހޮވުނު ކައުންސިލަރުން ހުވާކުރުމާއި ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވާ ރަސްމިއްޔާތު ބާއްވާ ދުވަސް އިއުލާންކުރުން

               ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިހާބުވި އިންތިހާބީ ކައުންސިލަރުން ހުވާކުރުމާއި ކުޅުދުއްފުށި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 17 މެއި 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

               މިރަސްމިއްޔާތަށްފަހު، ސިޓީ ކައުންސިލްގެ ފުރަތަމަ ރަސްމީ ޖަލްސާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރެވިގެންދާނެއެވެ.

               މިދުވަސްވަރަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށްވެފައި ކުޅުދުއްފުށި ސިޓީއިން ބައްޔަށް ފައްސި ވެފައިވާ ފަރާތްތަކެއް ފެނި، ރަށް މޮނިޓަރިންގ ހާލަތުގައި އޮތުމުގެ ސަބަބުން، މިރަސްމިއްޔާތު އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިނުވާކަން ފާހަގަކުރަމެވެ. ނަމަވެސް ކުޅުދުއްފުށި ސިޓީގެ ފޭސްބުކް ޕޭޖުން މިރަސްމިއްޔާތު ލައިވް ސްޓްރީމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ލައިވް އިވެންޓް މިހާރު ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ތާވަލު ކުރެވޭނެއެވެ. ވީމާ، ކުޅުދުއްފުށީގެ ވީހާވެސް ގިނަ ރައްޔިތުން ކައުންސިލްގެ ފޭސްބުކް ޕޭޖަށް ޒިޔާރަތް ކުރައްވާ، މި އިވެންޓް ލައިވް ވުމުން ނޮޓިފައި ވުމަށް ސަބްސްކްރައިބް ކުރެއްވުން އެދެމެވެ.

ކައުންސިލްގެ ފޭސްބުކް ޕޭޖް: facebook.com/kfcitycouncil

16 މޭ 2021
ހޯދާ