ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިޔަމިގިލީގައި އަލަށް ތަރައްޤީކުރާ ފުޓްބޯޅަ ދަނޑުގެ ވަށާ ފާރު ރޭނުމާއި ފެންސުޖެހުމު މަސައްކަތުގައި ނުނުނިމި ހުރި މަސައްކަތް

ކޮޅުމަޑުލު ދިޔަމިގިލީ ގައި އަލަށް ތަރައްޤީކުރާ ފުޓުބޯޅަ ދަނޑު ވަށާފާރު ރާނައި ފެންސެޖެހުމުގެ މަސައްކަތުގައި ނުނިމި ހުރި މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތްތަށް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ބީލަންފޮތް ބަންދުނޫންކޮންމެ ދުވަހަކު 9:30 އިން 13:00 އަށް ދިޔަމިގިލީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބިވަޑައިގަންނަވާނެވެ. ބީލަން ފޮތުގެ އަގަކީ 500/- (ފަސްސަތޭކަ) ދިވެހި ރުފިޔާއެވެ.

މިމަޝްރޫއުގެ ޕްރިބިޑް ބައްދަލުވުން އޮންނާނީ 2021 މެއި 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 2021 މެއި 30 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދަސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ހިމެނިފައިހުންނަންވާނެވެ.

ހ. "ކޮޅުމަޑުލު ދިޔަމިގިލީ ފުޓުބޯޅަދަނޑުގެ ވަށާ ފާރު ރޭނުމާއި ފެންސުޖެހުމުގެ މަސައްކަތް"

ށ. އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް، އައި.ޑީ ކާޑް ނަންބަރ އަދި ގުޅޭނެ ނަންބަރ

ނ. އަންދާސީ ހިސާބު ހުށަހަޅާ ތާރީޚާއި ވަގުތު

އަންދާސީހިސާބު ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައި ހަމަ އެގަޑީގައެވެ.

ވީމާ މިކަމަށްއެދޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވަ ތާރީޚްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި އަދި ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. ބީލަމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް ފުރިހަމަ ނުވާނަމަ ބީލަން ބަލައެއް  ނުގަނެވޭނެވެ.

އަދި ދަންނަވަމެވެ. ޤާނޫނު ނަންބަރ 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގައިވާ ގޮތުން ދިވެހިރާއްޖޭގައި އެއްވެސް ވިޔަފާރިއެއް ހިންގޭނީ ވިޔަފާރިއެއް ގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ވީމާ މިގޮތުގެ މަތިން މި ބިޑްގައި ބައިވެރި ވެވޭނީ ވިޔަފާރިއެއް ގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

29 ރަމަޟާން 1442

11 މެއި 2021

11 މޭ 2021
ހޯދާ