މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރެއް ހޯދުމަށް އެދި

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ

  މުލި، ދިވެހިރާއްޖެ.   

އިޢުލާނު

 

މަޤާމު:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރު:

J-285203

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މުލި ކައުންސިލްގެ އިދާރާ

މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

2- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި 700.00 ރުފިޔާ (މަހަކު)

3- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ޢަމަލުކުރަމުން ގެންދާ ތަރައްޤީ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް ) މަސް ދުވަހުގެ ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިޔަށް އޮތް 5 ( ފަހެއް ) އަހަރު ދުވަހަށް ތައްޔާރުކުރާ ރަށު ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްބޭނުންވާ އިދާރީ އެހީތެރިކަމާއި، ލިބިފައިވާ ފަންނީ އެހީތެރިކަން ކައުންސިލަށް ފޯރުކޮށްދީ، ޕްލޭން ތައްޔާރުކޮށް ނިމުމުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.
  2. ކައުންޝިލްގެ މަޝްވަރާއާއި، ލަފަޔާއެކު ރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމާއި، ބިން ބޭނުންކުރާ ގޮތެއްގެ މަތިން އެޕްލޭނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން.
  3. ކައުންސިލުން ހިންގުމަށް ކަނޑައަޅާ އެކިއެކި މަޝްރޫއުތަކުގެ ޕްރޮޕޯޒަލް ތައްޔާރުކުރުމާއި، ކައުންސިލުން ހިނގާ ޕްރޮގްރާމްތަކުގެ އެސްޓިމޭޓް ތައްޔާރުކޮށް، ކައުންސިލުން އަންގާ ގޮތެއްގެ މަތިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. ޓޫރިޒަމާ ގުޅުންހުރި ލިޔެކިއުން ބެލެހެއްޓުން
  5. އަސާރީ ތަކެއްޗާއި ތަންތަނާއި ތަރިކަ ބެލެހެއްޓުން
  6. ސަރުކާރުން ކައުންސިލާ ހަވާލުކޮށްގެން ރަށުގައި ހިންގާ މަޝްރޫއުތަކާއި އެހެނިހެން މަސްރޫއުތައް މޮނިޓާ ކުރުމާއި، އިވެލުއޭޓްކުރުމާއި ރެކޯޑްތައް ބެލެހެއްޓުމާއި ރިޕޯރޓްތައް ހަދައި ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.
  7. ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ބިންތަކާއި، އަމިއްލަ ބިންތަކުގެ ވަގުތީ ރަޖިސްޓްރީއާއި، ގޯތީގެ ރަޖިސްޓްރީ އަދި ޢިމާރާތްތަކުގެ ރަޖިސްޓްރީ ހެއްދުމާއި ރެކޯޑް ބެލެހެއްޓުން
  8. ޔުނިޓުން ލިޔަންޖެހޭ ސިޓީ މެސެޖުފަދަ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޔައުމިއްޔާއަށް ބޭނުންވާ މައުލޫމާތު ފޯރުވައިދިނުން
  9. އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ފައިލްތަކާއި ރެކޯޑް ބެލެހެއްޓުން

10. ޔުނިޓްގައި ފައިލްކުރަންހުރި ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް، ފައިލިން ސިސްޓަމް ބެލެހެއްޓުން

11. ކައުންސިލުން ހިންގާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް މޮނިޓަރ ކުރުމަށް ޕްލޭންކޮށް އެޕްލޭނާއި އެއްގޮތަށް މޮނިޓަރކޮށް ހޯދަންޖެހޭ މަޢުލޫމާތު ހޯދާ ބެލެހެއްޓުން.

12. ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ފޮނުވުން.

13. ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑްޔޫސް ޕްލޭނާއި ތަޢާރަޒު ނުވާ ގޮތުގެ މަތިން ރަށުން ބިންދޫކުރުމުގެ ކަންތައްތައް ކުރުން.

14. ރަށުގެ ބިމާއި، ފަޅާ، ފަރު ހެޔޮގޮތުގައި ރައްޔިތުންނަށް މަންފާހުރި ގޮތަށް ބޭނުން ކުރުމަށްޓަކައި ކައުންސިލުންހަދާ ޤަވާޢިދު ތަކާއި އަދި އުސޫލުތަކާ އެއްގޮތަށް އެކަންކަން އިންތިޒާމްކޮސް އެކަންކަމާއިގުޅިގެން ހަދަންޖެހޭ އެންމެހައި ޕްލޭންތަކާއި ޕްރޮގްރާމްތަށް އަދި މަސައްކަތު އެކްޓިވިޓީޒްތައް އެކުލަވާލައި އެކަންކަމުން ނަތީޖާ ނެރެވޭގޮތަށް މަސައްކަތް ކުރުން

15. ރަށުކައުންސިލްތަކުގެ ދަށުގައިއޮންނަ ބިންތަކުން ދިރިއުޅުން ނޫން ބޭނުންތަކަށް ސަރުކާރުގެ އެކިފަރާތްތަކަށާއި އަމިއްލަ ފަރާތްތަކަށް ދޫކުރާ ބިމުގެ ރަޖިސްޓްރީތައް ހެދުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

16. ކައުންސިލްގެ ބޭނުމުގައި ހޯދޭ އުފުލޭ އަދި ނުއުފުލޭ މުދައު އެހެން ފަރާތްތަކަށް ކުއްޔަށް ދޫކޮށް ބެލެހެއްޓުން.

17. އެކި އެކި / ފަރާތް ފަރާތުން ރަށުގެ ބިމާއި ގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހާ މުޢާމަލާތް ތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނު ތަކުގައިވާ ގޮތުގެމަތިން ކުރުން.

18. ކައުންސިލްގެ ތަރައްޤީ ޕްލޭނަށް ބިނާކޮށް ކުރިއަށްއޮންނަ އަހަރު ހިންގުމަށް ކަޑައަޅާކަންތަށްތަކުގެ މަސައްކަތު ތާވަލް ކައުންސިލްގެ ލަފާގެމަތިން އެކުލަވާލައި، ހިގަމުންދާ އަހަރުގެ ޖުލައި 15 އަށް މިއިދާރާގެ ކޯޕަރޭޓް އެފެއާޒް ޔުނިޓާ ޙަވާލުކުރުން.

19. ރުއްގަހުގެ ދަފްތަރު ބެލެހެއްޓުމާއި ބަދަލުގެ ކަންކަން ނިންމުމަށް ކޯޕަރޭޓްއެފެއާޒް ޔުނިޓަށް ފޮނުވުން

20. ބިމުގެ ބަޖެޓް ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ 15 ގެކުރިން ތައްޔާރުކުރުން.

21. ޢާންމުންގެއަތުން ފީނަގައިގެން އެއްގަމާއިކަނޑުގައި ދުއްވާ އުޅަދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަޑު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމުކޮށް ބެލެހެއްޓުނ

22. ރަށުތަރައްޤީގެ މަޝްރޫޢުތަކާއި ގުޅިގެން ކައުންސިލުން ނިންމާ ނިންމުންތަކާއިގުޅިގެން ސަރުކާރުގެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިޔާލާއި މަޝްވަރާ ދިނުމުގައި އެހީތެރިވުން.

23. ރަށުގައި ދިރިއުޅޭ ބިދޭސީންގެ ރެކޯޑް ބެލެހެއްޓުމާއި، ގަވާއިދާ ޚިލާފައް އުޅޭ ބިދޭސީން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން

24. ރަށުފެންވަރުގައި ހިންގޭ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަން ފޯރުވައިދިނުން.

25. ކައުންސިލަށްދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްސަކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

26. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

27. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ތައުލީމީ ރޮނގުތައް:

ގުޅޭ ވަޒީފާގެ ދާއިރާތައް:

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް

- އިކޮނޮމިކްސް

- ޕްރޮޖެކްޓް މެނޭޖްމަންޓް

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

- ސޯސަލް ސައިންސް

- އާބަން ސްޓަޑީޒް

-          ޕްރޮޖެކްޓް މެނޭޖްމަންޓް

މި މަޤާމަށް ޝަރުތު ހަމަވާ މީހަކު ނުލިބެއްޖެނަމަ ވަގުތީ މަޤާމަށް 2 އަހަރު ދުވަހުގެ މުއްދަތަށް (ޖީ އެސް 4 ރޭންކުގައި) މީހަކު ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

ވަގުތީ މަޤާމުގެ ޝަރުތު:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލިމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ނާއި (http://www.csc.gov.mv/download/2249) އަދި މިއިދާރާގެ އުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ / ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ޕޮއިންޓް

އިންސައްތަ (%)

ކެޓަގަރީގެ ޖުމުލަ އިންސައްތަ

ތަޢުލީމް

ލިބިފައިވާ ތަޢުލީމު

65

15

20

ޕްރިފަރޑް ޑިސިޕްލިން ސެޓްފިކެޓް

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

10

10

ލިބިފައިވާ ހުނަރ

އިމްތިޚާނު / ޕްރެކްޓިކަލްސް

50

20

70

އިންޓަރވިއު

100

50

ޖުމުލަ

240

100

100

ނޯޓް:

- މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %35 (ތީރީސްފަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

- މި ކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް ތަޢުލީމާއި ތަޖުރިބާގެ ބަޔަށް ޕޮއިންޓްދޭނީ ޝަރުތު ހަމަކުރުމަށް ބޭނުންކުރި ސެޓްފިކެޓާއި ތަޖުރިބާ ފިޔަވައި އެއަށް ވުރެ މަތިން ހާސިލުކޮށްފައިވާ ތަޢުލީމާއި ތަޖުރިބާއަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 މެއި 24 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މުލަކަތޮޅު މުލީ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު) އިމްތިޙާނާއި ޕްރެކްޓިކަލްސް) އޮންނާނީ، 2021 މެއި 30 އާއި 2021 ޖޫން 10 އާ ދެމެދު، މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާގައެވެ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720508 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

ފައިނޭންސް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް މި އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)365CA/2021/16 އިޢުލާނަށް އިޖާބަދީ އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ އެއިޢުލާނު ވަނީ ބާޠިލުކޮށްފައެވެ.

 

09 މެއި 2021

09 މޭ 2021
ހޯދާ