ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނިން ހުސްވެފައިވާ މަޤާމުތަކަށް މީހުން ހޯދުމަށްޓަކައި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ

ވަޒީފާގެ ފުރުޞަތު

ނަންބަރ: IL-KPL/2021/005 

ތާރީޚް: 04 މެއި 2021

މަޤާމް

މެރިން ޕައިލެޓް ގރ.1

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/6580 ރ

އެހެނިހެން އިނާޔަތްތައް:

- -/3500ރ އާއި -/5000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- އަންލިމިޓެޑް މާސްޓަރ ސެޓްފިކެޓް ނުވަތަ އަންލިމިޓެޑް ޗީފްމޭޓް ސެޓްފިކެޓް އޮތުން، އަދި

- ބޯޓުފަހަރުގައި މި މަޤާމުގައި 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. މެރިން ސަރވިސް ޑިޕާރޓްމަންޓުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރުން.
  2. ބަނދަރަށް އަންނަ ބޯޓްފަހަރު ސަލާމަތާއި ރައްކާތެރިކަމާއި އެކު ބަނދަރަށް ވެއްދުމާއި އެންކަރ ކުރުމާއި ބާތުކޮއްދިނުން އަދި ފުރުވާލަދިނުން. އަދި ޕައިލޮޓޭޖްޚިދުމަތުގެ މަޢުލޫމާތު (ޕީ.ޓީ.ބީ ފޯމް) ފައިނެންސް ޑިޕާރޓްމަންޓަށް ފޮނުވުން. ޕޯޓް ކޮންޓްރޯލް ޕާމިޓް ދޫކުރުމާއި އެންކަރޭޖް އަދި އެންޓްރެންސް ފީގެ މަޢުލޫމާތު ފައިނޭންސް ޑިޕާރޓްމަންޓަށް ފޮނުވުން.
  3. ބަނދަރުގައި އޮންނަ ބޯޓްފަހަރުގެ މުދާ ބާލާ، ކާގޯ ގިޔަރުގެ ހާލަތު ދެނެގަނެ ރައްކާތެރިކަން ކަށަވަރުކުރުން.
  4. ބަނދަރުގައި ދިމާވާ ކުއްލި އެމަޖެންސީ ހާލަތްތަކުގައި އެވަގުތަކު ބަނދަރު ހިންގަވަން ހުންނެވި ވެރިއެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން އެމަރޖެންސީގައި ކުރަންޖެހޭ މަސައްކަތްކުރުން.

މަޤާމް

އެސިސްޓެންޓް މެނޭޖަރ ގރ.1

ބޭނުންވާ ޢަދަދު

01 (އެކެއް)

މުސާރަ

-/6580 ރ

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ޖީ.ސީ.އީ އޯލަވެލް 02 މާއްދާއިން ފާސްވެފައިވުމާއިއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުން "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ،

މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 5 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. އޮފީސް ހިންގުމަށް އެވަގުތަކު ހުންނަ ފަރާތް (ޗީފް މެނޭޖަރ) އަށް އޮފީސް ހިންގުމުގައި އިދާރީގޮތުން އެހީތެރިވުން.
  2. އޮފީހުގެ އެޗް.އާރުގެ ކަންކަން ހަރުދަނާ ކުރުމާއި އެޑްމިންގެ މަސައްކަތްތައް ހަރުދަނާކޮށް އެހެން ސެކްޝަންތަކުން ނިންމަންޖެހޭ އިދާރީ ކަންކަން ދުވަހުން ދުވަހަށް ނިންމާތޯ ބެލުން.
  3. އޮފީހުގެ އިސްވެރިން އަންގާ ގޮތެއްގެ މަތިން އެޗް.އާރުގެ މަސައްކަތްތައް ރާވާ ހިންގުން.

މަޤާމް

ޑްރައިވަރ ގރ.1

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ

-/4380 ރ

އެހެނިހެން އިނާޔަތްތައް:

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

- އަދި ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.

މަޤާމުގެ ޝަރުތު:

- ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެނގުން.

- ފޯކްލިފްޓާއި ކްރޭން ފަދަ އުޅަނދުތައް ދުއްވުމުގެ ލައިސަންސް އޮތުމާއިއެކު މިފަދަ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއިއެކު މިތަނުން ދޭ ވެހިކަލް އޮޕަރޭޓްކުރުމުގެ ޓެސްޓަކުން ފާސްވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން.

- ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. އިކްއިޕްމަންޓް ރަނގަޅަށް ޗެކްކުރުމަށްފަހު ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްގެން ލަސްނުކޮށް މަސައްކަތަށް ދިއުން.
  2. އިކްއިޕްމަންޓްތަކުގައި މައްސަލައެއް އުޅޭނަމަ ވަގުތުން އެކަން ސްޕަވައިޒަރަކަށް އެންގުން.
  3. އިކްއިޕްމަންޓްގައި މަސައްކަތް ކުރާއިރު ތަނަށާއި މުދަލަށް އަދި ސަރަޙައްދުގައި އުޅޭ މީހުންގެ ރައްކާތެރިކަމަށް ބަލައިގެން މަސައްކަތް ކުރުން.
  4. ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތްތައް އިކްއިޕްމަންޓް ލޮގް ނޯޓުކުރުން.
  5. މީގެ އިތުރުން އޮފީހުން އަންގާ ކޮންމެ ކަމެއް ފަރުވާތެރި ކަމާއިއެކު ކުރުން.

މަޤާމް

ލޭބަރަރ ގރ.1

ބޭނުންވާ ޢަދަދު:

02 (ދެއެއް)

މުސާރަ

-/3640 ރ

އެހެނިހެން އިނާޔަތްތައް:

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

- އަދި ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.

މަޤާމުގެ ޝަރުތު:

- ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެނގުން.

- އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތި އެނގުން.

- ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

- 40 (ސާޅީސް) އަހަރު ފުރިހަމަ ނުވުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ބޯޓްފަހަރުން މުދާބޭލުމާއި އެރުވުމުގެ މަސައްކަތް ސްޕަވައިޒަރ ނުވަތަ ޝިފްޓާއި އެވަގުތު ހަވާލުވެ ހުންނެވި ބޭފުޅަކު އެންގެވިގޮތަކަށް ވީއެންމެ އަވަހަށް ރައްކާތެރި ކަމާއި އެކު ކުރުން.
  2. ކާރގޯ ގިއަރ ސާފުކުރުން.
  3. ވަޒީފާ ބަޔާނުން އަދާ ކުރުމަށް އެންގިފައިވާ ކަންތައްތަކުގެ އިތުރަށް އޮފީހުގެ އިސްވެރިޔަކު އެންގިކަމެއް ރައްކާތެރިކަމާއި އެކު ވަގުތުން ކުރެވެން އޮތް އެންމެ ރަނގަޅަކަށް ހަލުވި ކަމާއިއެކު ކޮށް ނިންމުން.

މަޤާމް

ސެކިއުރިޓީ ގާރޑް ގރ.1

ބޭނުންވާ ޢަދަދު:

03 (ތިނެއް)

މުސާރަ

-/3890 ރ

އެހެނިހެން އިނާޔަތްތައް:

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

- އަދި ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގްރޭޑް 10 ގެ ފެންވަރު ހުރުން.

- 40 (ސާޅީސް) އަހަރު ފުރިފައި ނުވުން.

- ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1.  ބަނދަރުގެ ގުދަންތަކާއި އިމާރާތްތަކާއި ކީތައް އަދި އިކްއިޕްމެންޓް ތަކަށް ގެއްލުމެއް ލިބިދާނެފަދަ ކަމެއްކުރޭތޯ ނުވަތަ ހިގާފާނެތޯ ބެލުމާއި އެފަދަ ކަމެއް ބަޔަކުކުރާނަމަ އެކަމެއް ހުއްޓުވުމަށް މަސައްކަތްކުރުމާއި އެކު އިސް ސްޕަވައިޒަރަށް އެންގުން ނުވަތަ ސެކްޝަނަށް އަވަހަށް އެންގުން.
  2. ބަނދަރުގެ ސަރަޙައްދަށް ޤަވާއިދާއި ހިލާފަށް މީހުންނާއި ވެހިކަލް ވަދެ ނުކުމެ ހަދާތޯ ބެލުމާއި އެފަދަ ކަމެއް ކުރާނަމަ އެކަމެއް މަނާކޮށް ކަންކުރަން އޮންނަގޮތް އޮޅުން ފިލުވައިދިނުމާއި ނުކިޔަމަންވާ ފަރާތްތައް ސެކްޝަނަށް އެންގުން.
  3. ސަރަޙައްދު ވަކި ކުރުމަށްޖެހިފައިވާ ފެންސު ބެލެހެއްޓުމާއި ދޭތެރެ ދޭތެރެއިން ފެންސުގެ އެތެރޭންނާއި ބޭރުން ބަލައިފެންސަށް ގެއްލުމެއްދޭން ބަޔަކު މަސައްކަތް ކުރާނަމަ އެކަން މަނާ ކުރުން.
  4. ބަނދަރު ސަރަޙައްދުގައި އަލިފާނުގެ މަސައްކަތް ކުރެވޭނީ އޮފީހުން ހުއްދަ ލިބިގެންނެވެ. މިފަދަ ކަމެއް ބޯޓެއްގައި ނުވަތަ ސަރަޙައްދުގައި ކުރާނަމަ ފުރަތަމަ ސެކްޝަނާއި ގުޅައި ރަނގަޅަށް މަޢުލޫމާތު އޮޅުންފިލުވައި ހުއްދަނުހޯދާ ކުރާ މަސައްކަތެއް ނަމަ މަނާކުރުމާއި އެކަން އޮންނަ ގޮތް އެބަޔަކަށް އޮޅުން ފިލުވައި ދިނުން.
  5. ސެކިއުރިޓީ އޮފިސަރ ޑިއުޓީ ތާވަލް ރާވައި ހަމަޖައްސާ ގޮތުގެ މަތިން ޝިފްޓް އުސޫލުން ޑިއުޓީއަށް ނުކުތުން.

މަސައްކަތް ކުރަންޖެހޭ ތަން :

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

ސުންގަޑި:

12 މެއި 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ).

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)

ހުށަހަޅަންޖެހޭ އޮފީސް:

ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

އިތުރު މަޢުލޫމާތު: 6528149 ، 6528558

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ، އީ.މެއިލް ބާތިލްކުރެވޭނެ އެވެ.

04 މޭ 2021
ހޯދާ