ދިވެހިރާއްޖެ
ނަންބަރު:FNK/A/IUL/2021/139
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ބ.ކެންދޫ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.
ޑެޕިއުޓީ މެނޭޖަރ |
މަޤާމް: |
01 (އެކެއް) |
ބޭނުންވާ އަދަދު: |
އެޗް.އާރް، ބިލިންގ ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް |
ޑިޕާޓްމަންޓް: |
ބ.ކެންދޫ ބްރާންޗް |
މަސައްކަތް ކުރަންޖެހޭ ތަން: |
4900ރ. (ހަތަރުހާސް ނުވަސަތޭކަ ރުފިޔާ) |
އަސާސީ މުސާރަ: |
މުސާރައިގެ %30 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %20 |
ހާޟިރީ އެލަވަންސް: |
މުސާރައިގެ %50 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ހަތަރެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 (ބާރަ) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ (ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ފަހެއް) ގެ ސަނަދެއް ޙާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 8 (އަށެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ (ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ (ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ހަތެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން ނުވަތަ (ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 (އަށެއް) ގެ ސަނަދެއް ހާސިލް ކޮށްފައިވުން. (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ބ.ކެންދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 09:00 - 12:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މެއި 2021 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
އީމެއިލް އެޑްރެސް: [email protected]
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
15 ރަމަޟާން 1442
27 އެޕްރީލް 2021