މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިމިނިސްޓްރީ އާއި މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހޮސްޕިޓަލު އަދި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ފަންނީ މަޤާމުތަކުގެ ތެރެއިން ދިވެހީން ނުލިބޭ މަޤާމުތަކަށް ބިދޭސީން ރެކްރޫޓު ކުރުމުގައި ޢަމަލުކުރުމަށް އެކުލަވާލެވިފައިވާ "ބިދޭސީ ޑޮކްޓަރުން، ނަރުހުން އަދި އެހެނިހެން ހެލްތް ޕްރޮފެޝަނަލުން ގެނައުމުގައި މިނިސްޓްރީ އޮފް ހެލްތުން ޢަމަލު ކުރާނެ ގޮތުގެ އުޞޫލު" އާއްމުކުރުމާއި ބެހޭ

މިމިނިސްޓްރީ އާއި މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހޮސްޕިޓަލު އަދި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ފަންނީ މަޤާމުތަކުގެ ތެރެއިން ދިވެހިން ނުލިބޭ މަޤާމުތަކަށް ބިދޭސީން ރެކްރޫޓްކުރަމުން ގެންދާ ގޮތަށް ބަދަލުގެނެސް 3 މާރިޗް 2021 ވަނަ ދުވަހު ގެޒެޓްކުރެވިފައިވާ (IUL)23-S/23/2021/51 ނަންބަރ އެންގުން 27 އޭޕްރީލް 2021 ވަނަ ދުވަހުން ފެށިގެން ބާތިލްކުރެވޭނެއެވެ. ވީމާ، 27 އޭޕްރީލް 2021 ވަނަ ދުވަހުންފެށިގެން "ބިދޭސީ ޑޮކްޓަރުން، ނަރުހުން އަދި އެހެނިހެން ހެލްތް ޕްރޮފެޝަނަލުން ގެނައުމުގައި މިނިސްޓްރީ އޮފް ހެލްތުން ޢަމަލު ކުރާނެ ގޮތުގެ އުޞޫލު" ގައިވާ ގޮތުގެމަތިން ބިދޭސީ ހެލްތް ޕްރޮފެޝަނަލުން ރެކްރޫޓު ކުރުމުގެ މަސައްކަތައް ބަދަލުގެނެސްފައިވާކަން މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ. 

26 އޭޕްރިލް 2021
ހޯދާ