ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް ޔުނީފޯމް ފަހައި ފޯރުކޮއްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި ކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް ޔުނީފޯމް ފަހައި ފޯރުކޮއްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

                             މި ކުންފުނިން ދައްކާ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުންފުނިން ބޭނުންކުރަމުން އަންނަ ޓީޝާޓް / ޔުނީފޯމް ފަހައި، ފޯރުކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚުގައި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑަށް އީ.މެއިލްގެ ޒަރީއާއިން ރަޖިސްޓްރީ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ގަޑި

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން (އީ.މެއިލްގެ ޒަރީއާއިން)

24 އޭޕްރިލް 2021 އިން 29 އޭޕްރިލް 2021 އަށް

13:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރެވޭ އެންމެ ފަހު ތާރީޚް (އީ.މެއިލްގެ ޒަރީއާއިން)

03 މެއި 2021

11:00

އަންދާސީ ހިސާބު ހުށަހެޅުން (އީ.މެއިލްގެ ޒަރީއާއިން)

06 މެއި 2021

11:00

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮއްފައިވާ ލިޔުންތަށް ފުރިހަމަ ނުކުރާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީ.މެއިލް ކުރައްވާނީ [email protected] އަށެވެ. ނުވަތަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 އާއި 13:00 އާއި ދެމެދު މި އޮފީހުގެ ނަންބަރ 6528149 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

22 އޭޕްރިލް 2021
ހޯދާ