ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ރެފްރީސް ކޮމިޝަންގެ އިންތިހާބް ވޯޓް ލުމާއި ގުޅޭ

                                                       ނަންބަރ:VAM/IL/2021/7006

 

އިޢުލާން

 

 

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ރެފްރީސް ކޮމިޝަންގެ އިންތިހާބް ވޯޓް ލުމާއި ގުޅޭ:

 

މިއެސޯސިއޭޝަންގެ ރެފްރީސް ކޮމިޝަންގެ އިންތިޚާބު 2021 އޭޕްރީލް 23 ވާ ހުކުރު ދުވަހުގެ ރޭ 22:15 ގައި އެމް.އައި.އެން.އެސް ސެމިނިއަރ ރޫމްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި އިންތިޙާބުގައި އަތޮޅުތެރޭގައި ތިބި ރެފްރީން ބައިވެރިވުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން، ކޮވިޑް-19 ގެ ހާލަތައް ރިޢާޔަތްކޮށް ޕްރޮކްސީ ވޯޓިން ނެގުމަށް ވަނީ ނިންމާފައެވެ.

ވީމާ އަތޮޅުތެރޭގައި ތިބި، ވޯޓް ގައި ބައިވެރިވާން ބޭނުންފުޅުވާ މިއެސޯސިއޭޝަންގެ އިޢުލާން VAM/IL/2021/7004 ނަމްބަރު ގެ ދަށުން ޕަބްލިޝް ކުރެވިފައިވާ ރެފްރީސް މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ޕްރޮކްސީ ފޯރމް ފުރުއްވުމަށްފަހު 22 އޭޕްރީލް 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއެސޯސިއޭޝަންގެ މެއިލް ([email protected]) އަށް ފޮނުއްވުން އެދެމެވެ. 12:00 ގެފަހުން ފޮނުވާ އަދި ފުރިހަމަ ނުކޮއް ފޮނުވޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

21 އޭޕްރިލް 2021

                                                             

21 އޭޕްރިލް 2021
ހޯދާ