ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހއ.ހޯރަފުށީގައި ބޮޓްލިންގ ޕްލާންޓެއް ޤާއިމްކުރުމާއި ގުޅޭ:

ނަންބަރު: FNK-I/IUL/2021/172  

އިޢުލާން

ހއ.ހޯރަފުށީގައި ބޮޓްލިންގ ޕްލާންޓެއް ޤާއިމްކުރުމާއި ގުޅޭ:

 

  ހއ.ހޯރަފުށި ބޮޓްލިންގ ޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ އެއްމެހާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ހާސް (5,000 USD) ޔޫ.އެސް ޑޮލަރު ނުވަތަ އެ ޢަދަދަށްވާ ދިވެހި ފައިސާ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާގޮތަށް ހުށަހަޅުއްވަންވާނެއެވެ.

ބިޑް ސެކިއުރިޓީ ވާންވާނީ:

  • އޮރިޖިނަލް ބޭންކް ގެރެންޓީ ލެޓަރ (ނުވަތަ)
  • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް.

 

      ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނީ އަންދާސީ ހިސާބު ހުށަހަޅުއްވާ ކުންފުނީގެ ނަމުގައެވެ. ބިޑް ސެކިއުރިޓީ ބާޠިލްވާ މުއްދަތު، އަންދާސީ ހިސާބު ބާޠިލްވާ މުއްދަތަށްވުރެ 28 ދުވަސް އިތުރުވާންވާނެއެވެ. މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބާޠިލްވާ މުއްދަތުގެ ގޮތުގައި މަދުވެގެން 112 ދުވަސް ދޭންވާނެއެވެ.

 

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުތަކާއި އެއްގޮތަށެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އިން، އަދި އީމެއިލްގެ ޒަރިއްޔާއިން 22 އޭޕްރިލް 2021 އިން ފެށިގެން 02 ޖޫން 2021 ނިޔަލަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ލިބިވަޑައިގަންނަވާނެއެވެ.

 

މައުލޫމާތު ދިނުމާއި މައުލޫމާތު ސާފުކުރެވޭ އެންމެ ފަހުގެ ތާރީޙް އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައިވާ ތާވަލާއެއްގޮތަށެވެ.

 

ތާރީޚް

ވަގުތު

މައުލޫމާތު ދިނުން

05 މެއި 2021

12:00 މެންދުރު

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

12 މެއި 2021

13:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

09 ޖޫން 2021

10:00 ހެނދުނު

 

 

 

 

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގައި 9 ޖޫން 2021 ވަނަ ދުވަހުގެ 10:00 ޖަހާއިރުއެވެ. އަދި އިލެކްޓްރޯނިކް އަންދާސީ ހިސާބުތަކާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 9 ޖޫން 2021 ވާ ބުދަދުވަހުގެ 10:00ގައި މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގައި އަނދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޒިރުގައެވެ. މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށް 12 މެއި 2021 ގެ 13:00 ގެ ކުރިންނެވެ.

އަންދާސީ ހިސާބު އެޑްރެސްކުރައްވާނީ:

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް،

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

7ވަނަ ފަންގިފިލާ، ޕޯޓްސް ކޮމްޕްލެކްސް ބިލްޑިންގ،

ހިލާލީ މަގު، 20307،

މާލެ، ދިވެހިރާއްޖެ.

 

ނޯޓް: މައުލޫމާތު ސެޝަންއަށް ޙާޒިރުނުވާ ފަރާތަކަށްވެސް ބިޑްގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. 

21 އޭޕްރިލް 2021
ހޯދާ