ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއަށް ބޭނުންވާ ފަރުނީޗަރ ހޯދުމާއި ގުޅޭ.

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

  1. ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއަށް ފަރުނީޗަރ ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، ތިރީގައި މިދަންނަވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ހޯދަން ބޭނުންވާ ތަކެތީގެ ތަފްސީލް

-         7 އެގްޒެކެޓިވް ޓޭބަލް ވިތް ސައިޑް ރިޓާން

-         10 އެގްޒެކެޓިވް ޗެއަރ

-         7 ފުލް ހައިޓް ފައިލިންގް ކެބިނެޓް

 

 

  3. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 19 އޭޕްރީލް 2021 އިން 27 އޭޕްރީލް 2021 އަށް މި އިދާރާގެ މެއިލް އެޑްރެހަށް (([email protected] ރިކުއެސްޓްކޮށް ،ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) އިޢުލާން ނަންބަރާއި އެކު މެއިލްކޮށްދެއްވުން އެދެމެވެ.

 

  4. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  20 އޭޕްރީލް 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އިން ލިބެން  ހުނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯމެޓެއްގައި މެއިލް ކުރެވޭނެއެވެ.

 

  5. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 27 އޭޕްރީލް 2021 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 27 އޭޕްރީލް 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

   6. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 28 އޭޕްރީލް 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

 

07 ރަމަޟާން 1442

19 އޭޕްރިލް 2021

19 އޭޕްރިލް 2021
ހޯދާ