ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ތިރީގައިވާ މިދަންނަވާ ރުއްތަކުގެ މިލްކުވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.   

  • ދޫނޑިގަން އައިލް ރޯޔަލްއިން ގެސްޓް ހައުސް ގޯތީގެ އުތުރުން، ގަސްދޮށުގެ ގޯތީގެ ދެކުނުން އޮތް ބިމުގައި ހުރި ނަންބަރު 1 އަދި 2 ޖަހާފައިވާ ފޯދުނު ޖާފާނު ރުއް.
  • ދޫނޑިގަން ދިއްގާގަސްދޮށުގެ ގޯތީގެ އުތުރުން އޮތް ހުސްބިމުގައި ހުރި ނަންބަރު 01 ޖަހާފައިވާ ދިވެހިރުއް

ވީމާ، މިރުކުގެ މިލްކުވެރި ފަރާތެއް ވާނަމަ 2021 އެޕްރީލް 18 ވާ އާދީއްތަ ދުވަހުގެ 13:00 ގެކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުކެއްކަން އެނގޭނެ ލިއުމަކާއިއެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

14 އޭޕްރިލް 2021
ހޯދާ