ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އިން ރައްކާވެ ތިބުމަށް ވޭމަންޑޫގައި އަޅާފައިވާ ފިޔަވަޅުތަކާއިބެހޭ

މި އިޢުލާންވަނީ 09 ޖޫން 2021 10:53 ގައި ބާތިލް ކުރެވިފައެވެ.


 

ކޮވިޑް-19 އިން ރައްކާވެ ތިބުމަށް ވޭމަންޑޫގައި އަޅާފައިވާ ފިޔަވަޅުތަކާއިބެހޭ


ކޮވިޑް 19 އިން ރައްކާތެރިވެ ތިބުމަށް ރަށު ފެންވަރުގައި އެޅޭ ފިޔަވަޅު ތަކެއްގެ ގޮތުގައި 11 އޭޕްރީލް 2021 ވަނަ ދުވަހު  20.00 ގައި ބޭއްވުނު

ކައުންސިލްގެ 01/2021 ވަނަ ކުއްލި ޖަލްސާއިން ނިންމާފައިވަނީ ކައުންސިލުން ވަކިގޮތަކަށް އަންގަންދެން މި ނިންމުންތަކާއި އެއްގޮތަށް ޢަމަލުކުރުމަށް:

 

  • ވޭމަންޑޫގެ ހުޅަނގު ފަރާތު ފާލަމުން އަރާފޭބުމަކީ މަނާކަމެއް.
  • ވޭމަންޑޫ ރަސްމީ ބޯޅަ ދަނޑުގައި އެއްވެސް ކަހަލަ ކުޅިވަރުގެ ޙަރަކާތެއް ނުހިންގުމަށާއި،  ބޯޅަ ދަނޑަށް މީހުން އެއްވެ ނޫޅުން.
  • އިޖުތިމާއީ އެކިއެކި ޙަރަކާތް ހިންގާ ތަންތަނާއި، އަދި ކުޅިވަރު ކުޅެން ހެދިފައިވާ އެކި ބިންތަކުގައި އެއްވެސް ކުޅިވަރުގެ ޙަރަކާތެއް ހިންގުމާއި، އިޖުތިމާއީ ސަރަޙައްދު ތަކުގައި ހަދާފައި ހުރި އަށިގަނޑުތަކާއި، ޖޯލިފަދަ ތަންތަނުގައި އިށީދެ އޮށޯވެ ތިބުމަކީ މަނާކަމެކެވެ.
  • އަމިއްލަ ގޯތީގެ ބޭރު މަގުމަތީގައި ބަހައްޓާފައި ހުރި  ޖޯލި ، ގޮޑި އަދި މިނޫންވެސް މިފަދަ ތަކެތި ބަހެއްޓުމަކީ މަނާކަމެކެވެ.
  • ރޭގަނޑު 10:00 ގެ ފަހުން ޟަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރުގައި އުޅުމަކީ މަނާކަމެކެވެ.
  • ރަށުގެ ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓުތަކުން ޓޭކްއަވޭ ޚިދުމަތަށް ތަޢާރަފްކޮށް، ތަނުގެ އެތެރޭގައި ޚިދްމަތް ނުދިނުން.
  • ރަށުގެ ފިހާރަތަކުން ޚިދްމަތް ދިނުމުގައި ޤައިދުރުކަން ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއި އަދި ޑެލިވަރީ ގެ ޚިދްމަތްތަކަށް ބަދަލުކުރުން، އަދި ފިހާރަތަކުން ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ކަޑައަޅާ އާންމުކުރުން.
  • ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ނިކުމެ ނުއުޅުމަށާއި، ކޮންމެހެން ނިކުންނަން ޖެހިއްޖެ ޙާލަތެއްގައި އަގަޔާއި ނޭފަތް ނިވާ ވާފަދަ މާސްކެއް އެޅުމަށް ސަމާލުވުމަށް.
  • މާސްކުނާޅައި ބޭރަށް ނިކުންނަ ފަރާތްތައް ވަގުތުން ޖުރުމަނާ ކުރެވޭކަން.
  • މަސްވެރިކަން ކުރާފަރާތްތަކުން ލަފާފުރުމުގެ ކަންތައް ކުރިއަށް ގެންދަންވާނީ ވޭމަންޑޫ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށާއި، ދޯނިންދަތުރުކުރާ މަސްވެރިން ދަތުރުގައި ވޭމަންޑޫ ފިޔަވައިއެހެން އެއްވެސް ރަށަކަށް އަރާފައިބައިގެން ނުވާނެކަމުގެ އިތުރުން، ދަތުރުގައި ބައިވެރިވާ ފަރާތްތަކަކީ ޕޮޒިޓިވް ނުވަތަ ޕޮޒިޓިވް ކޭސްއަކާއި ދިމާވެފައިވާ ފަރާތަކަށް ނުވުން.
  • ޢާންމުދަނީ ހޯދުންފިޔަވައި މަސްވެރިކަމުގައި ރަށުން ބޭރުނުވެވޭނެކަން.
  • ގިނަ ބަޔަކު ޝާމިލުވާގޮތަށް ކުރެވޭ މަސައްކަތްތައް ކުރުމުގެ ކުރިން ކައުންސިލްގެ ހުއްދަ ހޯދުން.
  • ވޭމަންޑޫ ކައުންސިލްގެ ހުއްދަނެތި އެއްވެސްފަރާތަކުން ރަށަށް އަރާފޭބުމަކީ މަނާކަމެކެވެ. 

ވީމާ މި ކަންކަމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ވޭމަންޑޫގެ އެންމެހައި ލޮބުވެތި ރައްތިތުންނާއި ވޭމަންޑޫ އަށް އަރައިފައިބާ ފަރާތް ތަކަށް އަންގާ ޢަމުރު ކުރީމެވެ.

---------------------------------------------------------------------------------------------------------------------

11/04/2021

11 އޭޕްރިލް 2021
ހޯދާ