ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭބިސީތަކުގައި އުފެދޭ ކުނި ނެގުމުގެ ޚިދުމަތް ދިނުމާއި ގުޅޭ

ގޭބިސީތަކުގައި އުފެދޭ ކުނި އުކާ ދިނުމުގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް 05 އޭޕްރީލް 2021 ވަނަ ދުވަހުން ފެށިގެން ކައުންސިލުން ފެށުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ޚިދުމަތަށް ރަޖިސްޓްރީ ވެފައިވާ ގެތަކުން ހެނދުނު 6:00 އިން 8:00 ދެމެދު ކުނިނެގުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ދަންނަވަމެވެ. އަދި ރަޖިސްޓްރީ ވެފައިނުވާ ފަރާތްތަކަށް ކުނި އުނިއުކޭނީ ހަވީރު 16:00 އިން 17:00 އާއި ދެމެދުކަމުގައި ގޭޓްފީ ދެއްކުމަށްފަހުގައި ކަމުގައި ދަންނަވަމެވެ. ވީމާ، ކުނި އުކުމުގެ ޚިދުމަތައް މީގެ ކުރިން ރަޖިސްޓްރީ ވެފައިނުވާ ފަރާތްތައް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު 14:00ގެ ނިޔަލަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. އަދި މީގެ ކުރިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން އުނި ކުރުމަށް ބޭނުންވާ ގޭބިސީތަކުގެ މައުލޫމާތު މިއަދު 14:00ގެ ކުރިން އެންގެވުން އެދެމެވެ. ކައުންސިލްގައި މީގެ ކުރިން ރަޖިސްޓްރީ ވެފައިވާ ގޭބިސީތަކުގެ ތެރެއިން ކުނީ ފީ ދައްކާފައިނުވާ ފަރާތްތަކާއި ޖޫރިމަނާ ފައިސާ ދައްކާފައިނުވާ ފަރާތްތަކަށް ޚިދުމަތް ދެވޭނީ ފައިސާ ދެއްކުމަށްފަހުގައި ކަމުގައި ދަންނަވަމެވެ.

04 އޭޕްރިލް 2021
ހޯދާ