ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަގުބެލުމަށް ބޭނުންވެއްޖެ

މި އިދާރާގެ  (IUL)266-PR/266/2021/31 ނަންބަރު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުމަށް (.)

މިއިދާރާއިން ދޭނަމޫނާއާއި އެއްގޮތަށް ފައިލިންގ ރެކްތަކެއް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ދެންނެވިފައިވާ ގޮތުގެ މަތީން ކޮޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. ފައިލް ރެކްގެ މައުލޫމާތު ސީޓް  މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ތަފްސީލް

ތާރީޚް އަދި ގަޑި

ތަން

ކޮޓޭސަން ހުށަހެޅުން

7 އެޕްރީލް 2021 (ބުދަ) ދުވަހުގެ 10:30 ގައި

ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް

 

 

ކޮޓޭޝަން ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ވިޔަފާރީގެ ފަރާތުން ބަދަލުގައި އެހެން ބޭފުޅަކު ދުރުވެވޭނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މަސައްކަތާބެހޭ މަޢުލޫމާތު                                                                                                                        

ތަފްސީލް

 

  • ކަބަޑުގެ ދެފަރާތުގައިވެސް ޖަހަންވާނީ ދެފަރާތް އޮފު ހުދު 18 އެމްއެމް ކަބަޑު ފިލާ އިންނެވެ.
  • ކަބަޑުގައި ހުދު ކުލައިން ޓީކް އަޅަންވާނެއެވެ.
  • ކަބަޑު ގޮޅިތަކުގެ ފުޅާމިން ބައިކުރަންވާނީ ދެވިފައިވާ މިންތަކަށެވެ.
  • ކަބަޑު ގޮޅިތަކުގެ އުސްމިން ދީފައިވަނީ ފިލާގެ ބޯމިން ނުލާ އެތެރެއިންނެވެ.
  • ހުރިހާ ކުރެހުމެއްގެ ކަބަޑު ގޮޅިއެއްގެ ފުންމިން ހުންނަންވާނީ 33 ސެންޓިމީޓަރަށެވެ.
  • ހުރިހާ ކުރެހުމެއްގެ ކަބަޑު ގޮޅިއެއްގެ އުސްމިން ހުންނަންވާނީ 37 ސެންޓިމީޓަރަށެވެ.
  • ކަބަޑު ކުރެހުން 1ގެ މުޅި ކަބަޑުގެ ފުޅާމިނުގައި ހުންނަންވާނީ ބޭރުން ބޭރަށް 270 ސެންޓިމީރަށެވެ.
  • ކަބަޑު ކުރެހުން 2ގެ މުޅި ކަބަޑުގެ ފުޅާމިނުގައި ހުންނަންވާނީ ބޭރުން ބޭރަށް 450 ސެންޓިމީރަށެވެ.
  • ކަބަޑު ހަރުކުރަންވާނީ ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ދައްކާ ތަނެއްގައި ފާރުގައެވެ.
  • ފާރުގައި ކަބަޑު ހަރުކުރުމުގައި ކަބަޑު ނުވެއްޓޭނެހެން އެކަބަޑަކާއި އެކަށީގެންވާ ވަރަކަށް ފާރަށް އިސްކުރު ޖަހަންވާނެއެވެ. އަދި ކަބަޑުގެ ތިރިން ފަތިގަނޑެއް އަޅާ ކަބަދު ހަރުކުރާނަމަ އެފަތިގަނޑު ހުންނަންވާނީ ކަބަޑާއި ގުޅޭ ގޮތަށް އެއްކުލައަކުންނެވެ.
  • މި އިދާރާއިން ދޭ ނަމޫނާއާއި އެއްގޮތަށް ފާރުގައި ހަރުކުރާ 3 ކަބަޑު ޖަހައިދީ ހަރުކުރުން (ކުރެހުން 1 ގައިވާ ގޮތަށް)
  • މި އިދާރާއިން ދޭ ނަމޫނާއާއި އެއްގޮތަށް ފާރުގައި ހަރުކުރާ 1 ކަބަޑު ޖަހައިދީ ހަރުކުރުން (ކުރެހުން 2 ގައިވާ ގޮތަށް)

 

 

04 އޭޕްރިލް 2021
ހޯދާ