ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ގެ ރިސަރޗް އެސިސްޓެންޓް

                      އިޢުލާން             

                                         ނަންބަރު153-FEST/IUL/2021/08

މަޤާމު:

 ޕްރޮޖެކްޓް ގެ ރިސަރޗް އެސިސްޓެންޓް

ބޭނުންވާ އަދަދު:

1

ބާވަތް އަދި މުއްދަތު:

10 މަސް ދުވަސް (ކޮންޓްރެކްޓް މަޤާމެއްގޮތުގައި)

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް އިންޖިނިއަރިންގް، ސައިންސް އެންޑް ޓެކްނޮލޮޖީ

މަސައްކަތް ކުރަންޖެހޭ ވަޤުތު:

މަހަކު 120 ގަޑިއިރު

 

ވަޒީފާއަށް ބޭނުންވާ ތަޢުލީމާއި ތަޖުރިބާ:

        ގައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 7 އެއްގެ ފާހެއް (ޑިގްރީ) ހާސިލްކޮށްފައިވުން

        ޖީ.އައި.އެސް ސޮފްޓްވެއަރ ބޭނުން ކުރަންއިނގޭ ތަޖުރިބާހުރުން

        ތަފާތު ދާއިރާތަކުގެ މީހުންނާ އެކު ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލްކަންހުރުން

މަސްއޫލިއްޔަތު:

 

        ރާއްޖޭގައި ކުނިނައްތާލުމުގެހާލަތު ހޯދާބެލުން

        އެއްކުރެވިފައިވާ މަޢުލޫމާތު ތަކުންބޭނުންވާ ތާވަލް ތައްޔާރު ކުރުން

        މިޕްރޮޖެކްޓުގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި އިދާރީ މަސައްކަތް ކުރުން

 

އުޖޫރައާއި ޢިނާޔަތްތައް:

މަހަކު 5000(ފަސްހާސް ރުފިޔާ) ރުފިޔާ

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

        މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)

        ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)

        ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

އިތުރު މަޢުލޫމާތު:

        މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345444 ނަންބަރު ފޯނާއެވެ.

        އިޢުލާންގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ސިޓީއާއިއެކު ހުށައަޅަންވާނެއެވެ.

        އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. 

ސުންގަޑި

        7 އޭޕްރިލް 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

 

                                                             

04 މާރިޗު 2021
ހޯދާ