ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮންލައިން ހުކުރު ޓެސްޓު ކުރުމާގުޅޭ

އިޢުލާން

އޮންލައިން ހުކުރު ޓެސްޓު ކުރުމާގުޅޭ

            އިމާމުވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް ހާޟިރުކުރުމުގެ ބަދަލުގައި، އޮންލައިންކޮށް އިމްތިޙާންކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

            މިގޮތުން ހުއްދައަށް އެދޭފަރާތް އޮންލައިންކޮށް އިމްތިހާންކުރާނީ، "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލް" ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތު ފުރިހަމަވާ ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ ކޮމިޓީއަކުންނެވެ.

            ވީމާ، މިރަށުގައި ހުކުރު ހުއްދަ ނެގުމަށް އެދޭ ފަރާތްތަކުން އެކަމަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމުން އޮންލައިންކޮށް އިމްތިހާން ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި "ރާއްޖޭގައި އިމާމުވެ ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދު ކުރުމުގެ ހުއްދަ ދިނުމުގެ އުޞޫލް" މި އިޢުލާނާއިއެކު އާންމުކުރެވިފައި ވާނެއެވެ.

04 އޭޕްރިލް 2021
ހޯދާ