މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު މަޤާމަށް މީހަކު ހޯދުމަށް އެދި

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ

  މ. މުލި، ދިވެހިރާއްޖެ.     

            

އިޢުލާނު

 

މަޤާމު:

މަސައްކަތު

މަޤާމުގެ ނަންބަރު:

J-229620

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ / މ. މުލި

މުސާރަ:

3,100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

-          ސަޕޯޓިންގ ކޯ އެލަވަންސް 1: މަހަކު 1,200.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ކޮންމެ ދުވަހަކު އިދާރާ ހުޅުވުމުން ގޯތިތެރެއާއި، އިދާރާގެ އެތެރެ ކުނިކަހާ ފޮޅާސާފުކުރުން.
  4. ކައުންސިލް އިދާރާގެ ތަޅުމުގައި މޮޕްއެޅުން
  5. ކޮންމެ ދުވަހަކު ފާޚާނާ ދޮވެ ސާފުކުރުން
  6. ކަބަޑުތަކާއި، އަލަމާރިތައް، މޭޒުތަކާއި،ގޮނޑިތައް ދޮރުތަކާއި ދޮރުފަތްތައް ކައުންޓަރ ފޮހެ ސާފުކުރުން.
  7. މަސައްކަތް ކުރަން ގެންގުޅޭ ހަތިޔާރުތަކާއި، އާލާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  8. ކައުންސިލްގެ އިދާރާއިން ދޫކުރާތަކެތި ހުއްދަ ދެއްވުމުން ދޫކުރުމާއި، އަނބުރާ ގެނައުމުން ބަލައިގަނެ އޭގެ ހާލަތުޗެކުކުރުން. އަދި ގެއްލުމެއްވެފައިވާނަމަ އެކަމަކާ ގުޅޭ މުވައްޒަފަކައް ވަގުތުން ރިޕޯޓްކުރުން.
  9. ކައުންސިލްގެ އިދާރާގައި ހަރުކޮށްފައިވާ އޭސީތައް ސާފުކޮށް ބެލެހެއްޓުން
  10. އެކި އެކި ފަރާތްތަކަށް ހަވާލުކުރަން ކައުންސިލްގެ އިދާރާއިން ހަވާލުކުރާ ލިޔުންތަކާއި، ތަކެތި ރައްކާތެރިކަމާއި، އަމާނާތްތެރިކަމާއެކު ހަވާލުކުރުން.
  11. ކައުންސިލްގެ އިދާރާއިން ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް އެންގުން.
  12. ކައުންސިލް އިދާރާގެ ވަޅުދިޔަހިއްކާ، ހަޑިވިޔަނުދީ ބެލެހެއްޓުން
  13. ކައުންސިލްގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ޖަލްސާތަކައް ދެންނެވުމާއި، އެކަންކަމައް ތަން ތައްޔާރުކުރުން.
  14. ކައުންސިލްގެ އިދާރާގެ ދިޔަދޮވި ސާފުކޮށް ބެލެހެއްޓުން. އަދި ވާރޭވެހޭއިރު އިދާރާގެ ގޯތިތެރޭ ބަހައްޓާފައި ހުރި ތާނގީތަކަށް ފެންނެގޭނެ އިންތިޒާމް ހަމަޖައްސާ ފެންނެގުން
  15. ރަށަށް ވަޑައިގަންނަވާ އެކިއެކި ވަފުދުތަކަށް ބޭނުންވާ ކަންކަމުގައި ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން
  16. ކައުންސިލް އިދާރާގެ ފަންކާތައް ހަޑިވިޔަނުދީ ފޮހެ ސާފުކުރުން. އަދި އަނދާ، ނުދިއްލި ހުރި ލައިޓްތައްބަލާ ތަކެތި ހޯދައިގެ ރަނގަޅުކުރުން
  17. ފާޚާނާ ތަކުގެ ފެންވައިރައް ދިމާވާމައްސަލަތަކާއި، ފެންމޯޓަރައް ދިމާވާ މައްސަލަ ހައްލުކުރުން.
  18. ކައުންސިލްގެ ގޯތިތެރޭގައި ބަގީޗާހައްދާ ހަޑިވިޔަނުދީ ބެލެހެއްޓުން. އަދި ކޮންމެދުވަހަކު 1 ފަހަރު ގަސްތަކަށް ފެންދިނުމާއި، ކައުންސިލްގެ އިދާރާގެ ތެރޭގައި ބަހައްތާފައިހުންނަ ގަސްތައް ހަޑިވިޔަނުދީ ފެންދީބެލެހެއްޓުން.
  19. ރަސްމީގަޑި ނިންމާ ކައުންސިލްގެ އިދާރާ ބަންދުކުރުމުގެ ކުރިން އެސީ، ފަންކާ އަދި ލައިޓްތައް ނިއްވުން.
  20. ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްސަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުން އަދި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.  

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނދުގެ ލެވެލް 1 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 6 ނިންމާފައިވުން 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

-          ފޮޅާސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249) އަދި މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ޕޮއިންޓް

އިންސައްތަ (%)

ކެޓެގަރީގެ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

25

10

10

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

30

30

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

60

60

ޖުމްލަ

145

100

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 އޭޕްރީލް 05 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2021 އޭޕްރީލް 08 އާއި 2021 އޭޕްރީލް 18 އާ ދެމެދު، މުލަކަތޮޅު މުލީ ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720508 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

            24 މާޗް   2020

24 މާރިޗު 2021
ހޯދާ