ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އެކި ސެކްޝަންތަކަށް ބޭނުންވާ ވާރކިންގް ޔުނިފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

  1. ފުވައްމުލައް ސިޓީ ކައުންސިލްގެ އެކި ސެކްޝަންތަކަށް ބޭނުންވާ ވާރކިންގް ޔުނިފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  2. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް 24 މާރިޗް އިން 30 މާރިޗް 2021  ގެ 9:00 ގެ ކުރިން  މި އިދާރާގެ ([email protected]) ރިކުއެސްޓްކޮށް ،އެފަރާތުގެ  ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލް ކުރެއްވުން އެދެމެވެ.

 

  3. މައުލޫމާތު ސާފުކުރުން އޮންނާނީ 30 މާރިޗް 2021 ވާ އަންގާރ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލްގެ މީޓިން ރޫމްގައެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އަދި މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯމެޓެއްގައި މެއިލް ކުރެވޭނެއެވެ.

 

  4. ބީލަމުގައި ރަޖިސްޓްރީ ވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ފޮނުވާ ފަރާތްތަކަށް ނުވަތަ މަޢުލޫމާތު ބައްދަލުވުމަށް ހަޒިރުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަގިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

  5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 06 އޭޕްރިލް 2021 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

 

11ޝަޢްބާން 1442

24 މާރިޗް 2021

24 މާރިޗު 2021
ހޯދާ