މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންމީޓަރު ހަރުކުރުމާއި ގުޅޭ

މިކައުންސިލްގެ ނަންބަރު (IUL)308/2020/61 (19 އޮކްޓޫބަރު 2020) އިޢުލާނާއި ގުޅޭ ގޮތުން ދަންނަވަމެވެ.

މިރަށުގައި މިހާރު ކުރިއަށްގެންދާ ފެނުގެ ޕްރޮޖެކްޓުގެ މަސައްކަތްތަކުގެ ތެރެއިން، ގޭގޭގައި ފެންމީޓަރު ހަރުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، މަތީގައި ޙަވާލާދެވުނު އިޢުލާނުންވާނީ، މީޓަރު ހަރުކުރުމަށް ފާހަގަކޮށްފައިވާ ގޭގެގައި ފާރު ރާނާފައިނުވާ ފަރާތްތަކުން 3 ފޫޓު އުސް 2 ފޫޓު ފުޅާ ފާރުބުރިއެއް ރާނާ ގޭތެރެއަށް ވާގޮތަށް ސިމެންތިޖެހުމަށް އެދިފައެވެ. އަދި ފާރު ރާނާފައިވާނަމަ، މީޓަރުހަރުކުރުމަށް ފާހަގަ ޖަހާފައިވާ ތަނުގައި ގޭތެރެއަށްވާގޮތަށް 3 ފޫޓު އުސް 2 ފޫޓު ފުޅާމިނުގައި ސިމެންތި ޖަހާ ނިންމެވުމަށްވެސް ވާނީ އެދިފައެވެ.

އެހެންނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން މީޓަރު ހަރުކުރުމަށް ފާހަގަކޮށްފައިވާ ގޭގެގައި ފާރު ރާނާ ސިމެންތި ޖަހާފައިނުވާކަން ފާހަގަކުރަމެވެ. އަދި މިކަމުގެ ސަބަބުން، މީޓަރު ހަރުކުރުމަށް ފާހަގަކޮށްފައިވާ ބައެއް ގޭގޭގައި މީޓަރު ހަރުނުކުރެވި ހުރިކަމަށް މިމަސައްކަތްކުރާ ފަރާތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އެހެންކަމުން، ފެން މީޓަރު ހަރުކުރުމަށް ފާހަގަކޮށްފައިވާ ގޭގެގައި، މީޓަރު ހަރުކުރުމަށް ފުރިހަމަކުރަންޖެހޭ ކަންކަން 2021 މާރިޗު 27 ވަނަ ދުވަހުގެ ނިޔަލަށް ނިންމެވުން އެދެމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

21 މާރިޗު 2021
ހޯދާ