މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ވާދޫ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

ރ.ވާދޫ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ރ. ވާދޫ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)299/299/2021/04 (03 ފެބްރުއަރީ 2021) އިއުލާން ބާތިލުކޮށް، އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ޝަރުތު ހަމަވާ ފަރާތްތަކުން 2021 މާރޗް 17 ވާބުދަ ދުވަހުން ފެށިގެން 2021 މާރޗް 22ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

 

 މި މަސައްކަތުގެ ޓެންޑަރ ޑޮކިޔުމަންޓްގެ ސޮފްޓް ކޮޕީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފަރާތްތަކަށް ހުށަހަޅާ ދުވަހު އީމެއިލްކުރެވޭނެއެވެ. އަދި 2021 މާރޗް 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ކުރިން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބީލަން ހުށަހަޅުއްވާނީ ރ.ވާދޫ ކައުންސިލްގެ އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގް، ސޯސަންމަގު/ކ.މާލެ)އެށެވެ. މިކަމަށް އެދި ހުށަހަޅާ ބީލަން ހުޅުވަން ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އަދި ދަންނަވަމެވެ. މިމަސައްކަތް ކުރުމަށް އެދި ބީލަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހަޅުއްވަން ވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 2021 މާރޗު 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގެ ނިޔަލަށް މިއިދާރާގެ ނަންބަރު 4000299 ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

16 މާރިޗު 2021
ހޯދާ