މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ދެއުޞޫލެއް ތަންފީޒްކުރުން މަޑުޖައްސާލުން

މިކައުންސިލުން ފާސްކޮށްފައިވާ އުޞޫލު ނަންބަރު 2020/1 ރ.މަޑުއްވަރިއަށް ބިދޭސީން ގެނައުމާއި ގެންގުޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލާއި، 2020/6 ރ. މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލަށް އިސްލާޙު ގެނައުމަށް ކައުންސިލަށް ފެންނާތީ، މިދެއުޞޫލު ތަންފީޒްކުރުން މަޑުޖައްސާލުމަށް މިކައުންސިލްގެ 3 ވަނަ ދައުރުގެ 2021 ވަނަ އަހަރުގެ 3 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.

އެހެންކަމުން، މިއުޞޫލުތަކަށް އިސްލާޙު ގެނައުމަށްފަހު، ތަންފީޒްކުރުމަށް އަލުން ފެށުމަށް ކައުންސިލުން ނިންމައި އެކަން ޢާންމުކޮށް އަންގައި އިޢުލާންކުރެވެންދެން، އުޞޫލުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރަން ނުޖެހޭނެ ކަމާއި، މިދެއުޞޫލު ތަންފީޒު ކުރެވެމުން ނުދާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 މާރިޗު 2021
ހޯދާ