ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙާފިޡުން ހޯދަން ބޭނުންވެއްޖެ

1442 ވަނަ އަހަރު ރަމަޟާންމަހު މި ރަށު މިސްކިތްތަކުގައި ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރާނެ 3 ޙާފިޡުން ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މި ކަމަށް އެދި ހުށަހަޅާ ޙާފިޡުންގެ ތެރެއިން ދިވެހިންނަށް އިސްކަން ދެވޭނެއެވެ.

 

ތަން

ދުވަސް

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުން

ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ

އާދީއްތަ

14-03-2021

10:00

އަންދާސީ ހިސާބު ހުށަހެޅުން

ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރަ

ބުދަ

17-03-2021

10:00

 

މަޢުލޫމާތު ދިނުން އޮންނާނީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ލިބިގަތުމާއި، އެސްޓިމޭޓް ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެވެސް އެއް ފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ސާފުކުރަން ބަދަލުގައި އެހެން ބޭފުޅަކު ފޮނުވާނަމަ އެފަރާތު ސިޓީއެއް ގެންނަންވާނެއެވެ. އެ ސިޓީގައި އެ ފަރާތާއި، ގުޅޭނެ ފޯނުނަންބަރު އެނގެން އޮންނަންވާނެއެވެ.

09 މާރިޗު 2021
ހޯދާ