އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަ ދަނޑުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތައް މިރަށު ފުޓްބޯޅަދަނޑުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 13:30 އަށް ކައުންސިލްގެ އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އަދި ބިޑް ހުށައެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއި، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ ބަދަލުގައި ހާޒިރުވާ ފަރާތުން  ގެންނަވަންވާނެއެވެ. އަދި މިމަސައްކަތައް ބިޑް ހުށައެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

            މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުންރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6680053 ފޯނަށް ގުޅުއްވުން އެދެމެވެ.

07 މާރިޗު 2021
ހޯދާ