މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މުލިން ގޯތި ދޫކުރުން ( އުސޫލާއި ، ލިޔެކިޔުންތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު )

އިޢުލާން

 

މ. މުލިން ގޯތި ދޫކުރުން (އުޞޫލާއި، ލިޔެކިޔުންތަކަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު)

                 

                  މ. މުލިން ގޯތި ދޫކުރުމަށްޓަކައި، ތައްޔާރުކުރެވިފައިވާ އުޞޫލާއި، ފޯމް، ޕޮއިންޓްޝީޓަށް ޚިޔާލުހުށައެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ.

                  މުލިން ގޯތި ދޫކުރުމަކީ ރައްޔިތުންނާއި ގުޅުންހުރިކަމަކަށްވެފައި، އެކަމަށްހެދޭ ޤަވާދާއި އުޞޫލުތަކުގައި ރައްޔިތުންގެ ޚިޔާލު ހިމެނުމަކީ، ހަމަހަމަކަމާ އިންސާފާއި، ހާމަކަން ޔަޤީންކޮށްދިނުމާއެކު މިކަން އިތުރަށް ފުރިހަމަވެގެންދާނެ ކަމެއްކަމަށް ފެންނާތީ މިހާރު ތައްޔާރުކުރެވިފައިވާ އުޞޫލާއި، އެހެން ލިޔުންތަކަށް ވީހާ ގިނަ ފަރާތްތަކަކުން ޚިޔާލު ހުށައެޅުމަށް ދަންނަވަމެވެ.

 

                  މުލިން ގޯތި ދޫކުރުމަށް ތައްޔާރު ކުރެވިފައިވާ އެންމެހާ ލިޔެކިޔުންތައް މި އިޢުލާނާއެކު ގެޒެޓްގައި ހިއްސާކުރެވިފައިވާނެއެވެ. އަދި މިއިދާރާހެ ފޭސްބުކް ޕޭޖުންވެސް ފެނިވަޑައިގަންނަވާނެއެވެ. ޚިޔާލު ހުށައެޅުއްވުމުގެ ސުންގަޑިއަކީ 2021 މާރިޗް 16 ވަނަދުވަހުގެ 11:00 ގެ ނިޔަލަށެވެ.

                  ޚިޔާލު ހުށައެޅުއްވުމަށް މެއިލްކުރައްވާނީ [email protected]  އަށެވެ. މީގެއިތުރުން މިއިދާރާއަށް ލިޔުމުން ހުށައެޅުއްވުމުގެ ފުރުސަތުވެސް އާންމުކޮށް ހުޅުވާލެވިފައި ވާނެއެނެ.

 

                  މިހެންވެ މިކަންއެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

                 04 މާރިޗް   2020  
 
04 މާރިޗު 2021
ހޯދާ