މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ޕްރެޒިޑެންޝަލް ގާރޑްސްގެ ރިޔާސީ ފްލީޓްގެ މަޤާމުތަކަށް މީހުން ހޯދުން.

ކޮންޓްރެކްޓް އުޞޫލުން އެމް.އެން.ޑީ.އެފްގައި މަސައްކަތްކުރުމަށް މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

 

މަޤާމް

ސީނިއަރ މެކޭނިކަލް އިންޖީނިއަރ (ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/6600 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • މެރިން އިންޖީނިއަރިންގ ދާއިރާއިން ގައުމީ ސަނަދު އޮނިގަނޑު ލެވެލް 7،8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ  
  • މިދާއިރާގައި އިންބޯޑް ނުވަތަ އައުޓްބޯޑް އިންޖީނިއަރެއްގެގޮތުން 12 އަހަރު ދުވަހު މަސައްކަތްކޮށް އަމަލީ ތަޖުރިބާ ލިބިފައިވުން.
  • ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

މެކޭނިކަލް އިންޖީނިއަރ (ޓެކްނިކަލް އޮފިސަރ ގްރޭޑް 1)

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/5610 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • މެރިން އިންޖީނިއަރިންގ ދާއިރާއިން ގައުމީ ސަނަދު އޮނިގަނޑު ލެވެލް 5،6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މިދާއިރާގައި އިންބޯޑް ނުވަތަ އައުޓްބޯޑް އިންޖީނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 ރޭކްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

މެކޭނިކް (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/5020 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/2000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • މެރިން އިންޖީނިއަރިންގ ދާއިރާއިން ގައުމީ ސަނަދު އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މިދާއިރާގައި އިންބޯޑް ނުވަތަ އައުޓްބޯޑް އިންޖީނިއަރެއްގެގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭކްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް ސައިންސް ސްޓްރީމް 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.
  • ކަނޑުމަތީގެ ޑިއުޓީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

އިލެކްޓްރީޝަން (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/5020 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • އިލެކްޓްރިކަލް/މެކޭނިކަލް ދާއިރާއިން ގައުމީ ސަނަދު އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު 2 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އިލެކްޓްރިކްޝަނެއްގޮތުން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭކްގައި       2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމް

ވުޑް އެންޑް ފައިބަރ ވާރކް (އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2)

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/5020 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ވުޑް އެންޑް ފައިބަރ ގްލާސް ދާއިރާއިން  ގައުމީ ސަނަދު އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، މި ދާއިރާއިން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ވުޑްވާރކްސް / ކާޕެންޓަރ/ ފައިބަރ ދާއިރާއިން އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 ރޭކްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމް

އެޑްމިނިސްޓްރޭޓަރ

ބޭނުންވާ ޢަދަދު

1

މުސާރަ

(މަހަކު) -/5610 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް ދާއިރާއިން ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5،6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، މިދާއިރާއިން 2 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް ދާއިރާއިން 8 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

 

މަޤާމް

ފަޅުވެރިން

ބޭނުންވާ ޢަދަދު

10

މުސާރަ

(މަހަކު) -/4465 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ ކަނޑުމަތީ އުޅަނދެއްގައި 4 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއި،
  •  ޓްރާންސްޕޯޓް އޮތޯރިޓީން ފުރިހަމަކުރާ "ފަޅުވެރިންގެ ކޯސް" ފުރިހަމަކޮށްފައިވުން.
  • ކަނޑުމަތީގައި ގިނަވަގުތު ޑިއުޓީގައި އުޅުމުގެ ޤާބިލްކަން ހުރުމާއެކު މަސައްކަތްކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރުން.

މަޤާމް

ސްޓޮކް ކީޕަރ

ބޭނުންވާ ޢަދަދު

2

މުސާރަ

(މަހަކު) -/4465 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސް ދާއިރާއިން ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު، މިދާއިރާއިން 2 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • އެޑްމިނިސްޓްރޭޝަން / ބަޖެޓް ދާއިރާއިން 4 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމް

މަސައްކަތު

ބޭނުންވާ ޢަދަދު

2

މުސާރަ

(މަހަކު) -/4000 ރުފިޔާ  

ސަރވިސް އެލަވަންސް

(މަހަކު) -/1000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ލިޔަން ކިޔަން ދަތުމާއެކު،  4 އަހަރު ދުވަހުގެ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
  •  މަސައްކަތްކަތުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މިދާއިރާގައި ސަޕޯޓް ސްޓާފް ގްރޭޑް 2 ގެ މަޤާމުގައި  2 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމް

ވޮޗަރ

ބޭނުންވާ ޢަދަދު

4

މުސާރަ

(މަހަކު) -/4000 ރުފިޔާ

ސަރވިސް އެލަވަންސް

(މަހަކު) -/1000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު

  • ލިޔަން ކިޔަން ދަތުމާއެކު، މި މަޤާމުގެ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ލިބިފައިވުން.
  • މަސައްކަތްކަތުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މިދާއިރާގައި ސަޕޯޓް ސްޓާފް ގްރޭޑް 2 ގެ މަޤާމުގައި  2 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އިތުރު އިނާޔަތްތައް

މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ބަންދުދުވަހުގެ އެލަވަންސްއާއި، ޝިފްޓްޑިއުޓީ އެލަވަންސްއާއި، ކޮއްތު އެލަވަންސްއާއި، ދަތުރު އެލަވަންސް އަދި ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގައި ހަމަޖެހިފައިވާ އުޞޫލުން ހުރުމުގެ އެލަވަންސް ލިބޭނެއެވެ.

ވަޒީފާއަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ ސިޓީއަކުން، 2021 މާރިޗު 11 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން،       މި މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

19 ރަޖަބު 2021

 

03 މާރިޗު 2021
ހޯދާ