މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާނު

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޢާންމު ޚިދުމަތްތަކާބެހޭބައި

މުސާރަ:

3470.00

ސަރވިސް އެލެވަންސް:

1000.00

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް: 1200.00 ރުފިޔާ
  • އިތުރު ގަޑި: މުސާރައިގެ %75 އަށް ވުރެ އިތުރުނުވާގޮތަށް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްފަންނު ބީޗް ޑިއުޓީ އުސޫލުން ކޮންމެ ދުވަހަކު 3 ޝިފްޓަށް ކުނިކަހާ ސާފުކޮށް ދުވަހުން ދުވަހަށް ކުނި ނަގާ އުކާލުމުގެ ކަންކަން ބެލެހެއްޓުމާއި، ރަސްފަންނުގައި ބާއްވާ އެކިއެކި ކުޅިވަރުތަކާއި ޙަފްލާތަކަށް އޮފީހުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެ ދިނުން. 
  2. ރައިވެރިބެ މައިޒާން ކޮންމެ ދުވަހަކު 2 އިރަށް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ކުނިތައް ނަގާ އުކާލުމުގެ ކަންކަން ބެލެހެއްޓުން.
  3. ސުނާމީ ބިނާ މައިޒާން ކޮންމެ ދުވަހަކު 2 އިރަށް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ކުނިތައް ނަގާ އުކާލުމުގެ ކަންކަން ބެލެހެއްޓުން.
  4. މައިޒާންތަކާ ގުޅިފައިވާ ސަރަޙައްދުތަކުގެ ހުސްބިންތަކާއި، މާލޭގެ އެކިއެކި ސަރަޙައްދުތަކުގައި ހުންނަ ޑަސްބިންތަކުގެ ތެރެއިން ޢާންމުޚިދުމަތްތަކާބެހޭ ބައިގެ ބެލުމުގެ ދަށުގައިވާ ހުރިހާ ތަންތަނެއް ކޮންމެ ދުވަހަކު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް ކުނި ނަގާ އުކާލުމުގެ ކަންކަން ބެލެހެއްޓުން.
  5. މައިޒާން ތަކުގައި އިށީނުމަށް ހަދާފައި ހުންނަ ތަންތަނާއި، އެހެނިހެން ވަސީލަތްތައް ކޮންމެ ދުވަހަކު ބަލާ ފާސްކުރުމާއި، މައްސަލަޖެހި ހަލާކުވެފައި ހުންނަ ތަކެތީގެ ރިޕޯރޓް އޮފީހަށް ހުށަހެޅުން.     
  6. ޝިފްޓް ޑިއުޓީ ކުރާ ތަންތަނަށް މުވައްޒަފުން ނުކުމޭތޯ ބެލުމާއި، ކޮންމެ ޑިއުޓީއެއް ފެށުމުން އެ ޑިއުޓީއެއްގެ ހުރިހާ މުވައްޒަފުންގެ ޙާޟިރީ ބެލުން.  
  7. މާލޭގެ އެކި ސަރަޙައްދުތަކުގައި ހުންނަ ހުސްބިންތައް ކުނިކަހާ އަންހެން މުވައްޒަފުންނާއި، މަގުތައް ކުނިކަހާ ބިދޭސީ މަސައްކަތު މީހުންގެ ޙާޟިރީ ބެލެހެއްޓުން.
  8. މައިޒާންތަކާއި، ހުސްބިންތައް ސާފުކޮށް ބެލެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، އެ ތަންތަނުގެ ޙާލަތު އަންގައިދޭ ރިޕޯރޓް ލިޔެ އޮފީހަށް ހުށަހެޅުން.  
  9. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.   
  10. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބްދާރީވުން.

ތައުލީމީ ފެންވަރު:

  1. ލިޔަންކިޔަން އެނގުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމް، މި ފޯމް މި އިދާރާގެ މައްޗަންގޮޅި އޮފީހުން އަދި ވެބްސައިޓް www.malecity.gov.mv އިން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 މާރިޗު 2021 ގެ 13:30 ގެ ކުރިން، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅީ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަވިއުއަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 14 މާރިޗު 2021 އާއި 28 ޑިސެމްބަރ 2021 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

                                18 ރަޖަބު 1442

01 މާރިޗު 2021
ހޯދާ