ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު

ގދ. ތިނަދޫ މިސްކިތްތައް ފޮޅާ ސާފުކުރުމަށް ހަމަސްދުވަހަށް ބޭނުންވާ ތަކެތި ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ. މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ބިޑް ޑޮކިޔުމަންޓް 2021 ފެބްރުއަރީ  28  ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2021 މާރިޗު 07 ވާ އާދިއްތަ ދުވަހުގެ 14:00 އާއި ހަމައަށް ލިބެން ހުންނާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް މި ދެންނެވި މުއްދަތުގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އިޢުލާން ނަންބަރ ޖެއްސެވުމަށްފަހު މިއިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް މެއިލްކޮށްދެއްވުން އެދެމެވެ.

މިމަސައްކަތާއި ގުޅޭ މަޢްލޫމާތުޝީޓް އަދި ބިޑް ފޯމް 2021 މާރިޗު  01  ވާ ހޯމަ ދުވަހުންފެށިގެން ސޮފްޓްކޮޕީ ފޯރމެޓްގައި ބީލަމުގައިބައިވެރިވުމަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.

ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2021 ފެބުރުއަރީ 28  ވާ އާދިއްތަ ދުވަހުން ފެށިގެން 2021 މާރިޗު  07 ވާ އާދިއްތަ  ދުވަހުގެ 12:00 އާއި ދެމެދު  [email protected]މެއިލްކޮށްދެއްވުން އެދެމެވެ. މިމެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2021 މާރިޗު  07 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 މާރިޗު 11 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ތިނަދޫ ކައުންސިލްގެ އިދާރާގެ  މީޓިންގް ރޫމްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް 9413846   އަށް ގުޅުއްވުންއެދެމެވެ.

25 ފެބުރުވަރީ 2021
ހޯދާ