ޔުނިވިޔަ ހޯލްޑިންގސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ސުޕަވައިޒް ކޮށްދޭނެ އިންޖިނިޔަރެއް ހޯދުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ FHTS އިމާރާތުގެ 7 އަދި 8 ވަނަ ފަންގިފިލާގައި ހުރި ކޮޓަރިތައް މަރާމާތުކުރުމުގެ މަސައްކަތަށް ތައްޔާރުކޮށްފައިވާ ބީ.އޯ.ކިޔު ގައިވާ ކަންކަން ފުރިހަމަކުރެވެމުންދާ މިންވަރު ބަލައި މަސައްކަތް ސުޕަވައިޒް ކޮށްދޭނެ އިންޖިނިޔަރެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ޕްރޮޖެކްޓްގެ މުއްދަތު ކަމުގައި ލަފާކުރެވެނީ 4 މަސްދުވަހެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ތިރީގައި އެވާ ގޫގުލް ލިންކު މެދުވެރިކޮށް އެފަރާތެއްގެ ޝައުޤުވެރިކަން ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

ރަޖިސްޓަރ ކުރައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާނެ ދުވަހެއް، އީމެއިލް މެދުވެރިކޮށް އެންގޭނެއެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮފީހުގެ ނަންބަރު 3013860 އަށް ގުޅުއްވުން އެދެމެވެ.

 

23 ފެބުރުވަރީ 2021
ހޯދާ