ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި އިޢުލާންވަނީ 21 ފެބުރުވަރީ 2021 12:09 ގައި ބާތިލް ކުރެވިފައެވެ.


 

 

ނަންބަރު: (IUL) 462/2021/2

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ  (MS-1)

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ

އަސާސީ މުސާރަ:

-/6,700 ރުފިޔާ

ލިވިންގ އެލަވަންސް:

-/4,000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45 (-/3,015 ރުފިޔާ)

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ  މިފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. ނުވަތަ
  3. އޮފިސަރ ފެންވަރުގެ މަގާމެއްގައި 5 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ޖެހިޖެހިގެން 2 އަހަރު 85 އިން ސައްތަ މާކްސް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޮމިޝަނުން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ފައިސާދެއްކުމާގުޅޭ އެންމެހައި މަސައްކަތް ކުރުން.
  2. ކޮމިޝަނުން ރާއްޖޭން ބޭރަށާއި އަތޮޅުތަކަށް ކުރަންޖެހޭ ދަތުރުތަކަށް ބޭނުންވާ ފައިސާގެ އިންތިޒާމުތައް ހަމަޖެއްސުން
  3. ސެކްޝަނުގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށް، ކޮމިޝަނުގެ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ދުވަހަށް ސިސްޓަމަށް އެޅުން
  4. ކޮމިޝަނުގެ އަހަރީ ފައިނޭޝަލް ސްޓޭޓްމަންޓް ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ ތާރީޚުތަކުގެ ކުރީން ކަމާބެހޭ އިދާރާތަކަށް ފޮނުވުން.
  5. ބަޖެޓުން ޚަރަދުކުރެވޭ ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް، ރިކޮންސައިލްކޮށް ޤަވާއިދުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  6. ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް، ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ފައިސާ ބަލައިގަތުމާއި ޖަމާކުރުމާއި ދުވަހު ހިސާބު ތައްޔާރުކުރުން.
  8. އާމްދަނީ ރިޕޯޓްތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ބެލެހެއްޓުން.
  9. ތިޖޫރީ ތަޅުދަނޑިއާއި ކޮމްބިނޭޝަން ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  10. ޕެޓީކޭޝް ފައިސާގެ ރެކޯޑް ބެލެހެއްޓުމާއި، ފައިސާ މެނޭޖް ކުރުން.
  11.  އޮޑިޓާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  12.  މަގާމުގެ މަސްއޫލިއްޔަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމް
  2.  ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުށުގެ ކޮޕީ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓުގެ ކޮޕީ ހުށަހަޅަންވާނެއެވެ.)
  5. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

ސުންގަޑި:

  • މިމަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2021 ފެބްރުއަރީ 25 (ބުރާސްފަތި) ދުވަހުގެ 14.00 ގެ ކުރިން  [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

        

6 ރަޖަބު 1442

18 ފެބްރުއަރީ 2021

18 ފެބުރުވަރީ 2021
ހޯދާ