ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މި ކޮމިޝަނުގެ IUL)168-CA/1/2021/14) ނަންބަރު އިޢުލާން ބާތިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

އިޢުލާން

 

ނޯޓު: މި ކޮމިޝަނުގެ IUL)168-CA/1/2021/14) ނަންބަރު އިޢުލާންބާތިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

 

ހިއުމަން ރައިޓްސް ކޮމިޝަނަށް ބޭނުންވާ، ޤާނޫނީ ލަފާދިނުމާއި، ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅިގެން، ހަދަންޖެހޭ އެސްއޯޕީ ތަކާއި، ޤަވާއިދުތަކާއި އެގްރީމެންޓްތައް ހެދުމާއި، އަދި ކޮމިޝަނުން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކާއި، ކޮމިޝަނުގެ މައްޗަށް ހުށަހަޅާ ދަޢުވާތަކުގައި ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލް ތަކަށްގޮސް ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އަދި މިނޫންވެސް، ޤާނޫނީގޮތުން ކޮމިޝަނުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސްތަކުން، 2021 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނުގެ ނަންބަރު ހެޑާގައި ޖެއްސެވުމަށްފަހު، ލޯ ފަރމް ނުވަތަ ލީގަލް ޕްރެކްޓިސްގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އައިޑެންޓިޓީ ކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު ކަރުދާސް 2021 ފެބުރުވަރީ 22 ވާ ހޯމަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 2021 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ހެޑްއޮފީސް، މއ. އުތުރުވެހި، 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ސުންގަޑި އަށް ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 3003152

 

16 ފެބުރުވަރީ 2021

16 ފެބުރުވަރީ 2021
ހޯދާ