ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި މަސައްކަތް ކުރާކަން އަންގައިދޭ ބޯޑު ނުވަތަ މަގު ބަންދުކުރާ ބޯޑު ދޫކުރުމާ ގުޅޭ

މިހާރަކަށް އައިސް ކުރިން ހުއްދަ ހޯދުމަކާއި ނުލައި މަގުމަތީގައި މަސައްކަތް ކުރާކަން އަންގައިދޭ ބޯޑު ނުވަތަ މަގު ބަންދުކުރާ ބޯޑު ހޯދުމަށް ބައެއް ފަރާތްތަކުން ހުށައަޅުއްވާތީ، އެކަމަށް ހަމަޖެހިފައިވާ އުޞޫލު ހިއްސާ ކުރަމެވެ.

  1. މަގު ބޭނުންކޮށްގެން އިންފާރު ނުވަތަ ޢިމާރާތުގެ މަސައްކަތެއް ނުވަތަ އެނޫންވެސް މަސައްކަތެއް ކުރަން ބޭނުންވާނަމަ މަސައްކަތް ފަށަން ބޭނުންވާ ދުވަހުގެ ރަސްމީ 03 ދުވަހުގެ ކުރިން މި އިދާރާއަށް ޢާންމު ޙިދުމަތަށް އެދޭ ފޯމު ހުށަހަޅާ ހުއްދަ ހޯދުން.
  2. މަގު ކޮނުމަށް އެދޭނަމަ ކޮންނަން ބޭނުންވާ ދުވަހުގެ ރަސްމީ 03 ދުވަހުގެ ކުރިން މި އިދާރާއަށް ޢާންމު ޙިދުމަތަށް އެދޭ ފޯމު ހުށަހަޅާ ހުއްދަ ހޯދުން.
  3. ނަންބަރު (1) އަދި (2)ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި މަގު ބަންދުކުރަންޖެހޭ ފަދަ މަސައްކަތްތަކަށް ރަސްމީ 03 ދުވަހުގެ ކުރިން މިއިދާރާއަށް ޢާންމު ޙިދުމަތަށް އެދޭ ފޯމު ހުށައަޅާ ހުއްދަ ހޯދުން.
  4. ދުރާލާ ހުއްދަ ނަގާފައިވާ މަސައްކަތްތައް ކުރުމަށް މަގުބަންދުކުރާ ބޯޑު ނުވަތަ މަސަކަތްކުރާކަން އަންގައިދޭ ބޯޑު ބަހައްޓައިގެން މަސައްކަތް ކުރިއަށް ގެންދިއުން.
  5. މަގުބަންދު ކުރާ ބޯޑާއި، މަސައްކަތް ކުރާ ބޯޑު ދޫކުރުމާއި ބޯޑު ބަލައިގަތުން ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީގަޑީގައި.

         ވީމާ، މަގުކޮނުމާއި، ވަގުތީގޮތުން މަގު ބަންދު ކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދަވަންވާނީ މިކަންތައްތަކަށް ކަނޑައެޅިފައިވާ ހުއްދަ ހޯއްދެވުމަށް ފަހުގައިކަން ހަނދުމަފުޅުކޮށް އަރުވަމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

14 ފެބުރުވަރީ 2021
ހޯދާ