ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ލޯގޯ ފަރުމާކުރުމާއި ބެހޭ

އިޢުލާން

ލޯގޯ ފަރުމާކުރުމާއި ބެހޭ

 

                   ފ.އަތޮޅު ހޮސްޕިޓަލަށް ފަންސަވީސް އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން ސިލްވަރ ޖުބުލީ އަހަރުގެ ގޮތުގައި މިއަހަރު މިއަހަރު ހިންގާ ޙަރަކާތް ތަކުގަޔާއި ، އަދި ހޮސްޕިތަލް ގެ 25 އަހަރުގެ ޞިއްޙީ ޚިދުމަތް ރަމްޒު ކޮށްދޭ މޮނިއުމެންޓްގައި ބޭނުން ކުރުމަށް ލޯގޯ އެއް ފަރުމާކުރުމަށް އާންމުކޮށް ހުޅުވާލަމެވެ.

ލޯގޯ ފަރުމާކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް

 

  • މި ލޯގޯ އިން ފ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތަށް 25 އަހަރު ފުރިފައި ވާކަން ރަމްޒުކޮށް ދިނުން
  • އެއްވެސް ތަނެއްގައި ބޭނުންކުރަމުންދާ ލޯގޯ އަކަށް ނުވުން ( ކޮޕީއަކަށް ނުވުން )
  • އެއްވެސް ސިޔާސީ ޕާރޓީއެއް ރަމްޒު ކޮށްދޭ ލޯގޯ އަކަށް ނުވުން
  • ޤައުމީ ކުލަތަށް ( ފެހި ، ރަތް ، ހުދު ) ބޭނުންކޮށްގެން ފަރުމާ ކުރެވިފައިވާ ލޯގޯއަކަށް ވުން
  • 20mm x 20mm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ނުގެއްލުން
  • ލޯގޯއިން ރަމްޒު ކޮށްދޭ އެއްޗެއްގެ ތަފްޞީލް ހުށަހެޅުން
  • މައުދަނުގައި ނުވަތަ ފައިބަރ ގައި ކަނޑާ ނަގައިގެން ސިފަ ސިފަ ފާޅު ކުރެވޭނެ ގޮތަށް ފަރުމާކުރެވިފައި ވުން
  • ހުށަހަޅާ ލޯގޯގެ ކުލަލޯގޯއާއި އަދި ކަޅާއިހުދުގެ ލޯގޯގެ ހާޑް އަދި ސޮފްޓް ހުށައެޅުން

މިގޮތުން ހުށައަޅާ ލޯގޯ ތަކުގެ ތެރެއިން މި މުނާސަބަތުގައި ބޭނުންކުރުމަށް ހޮވޭ ލޯގޯއަކަށް -/ 5000 ( ފަސްހާސް ރުފިޔާ ) ފައިސާގެ ޢިނާމެއް ދެވޭނެ އެވެ.

ފަރުމާކުރެވިފައިވާ ލޯގޯ ބަލައިގަތުން އޮންނާނީ 2021 ފެބުރުއަރީ 28 ވާ އާދީއްތަ ދުވަހުގެ މެންދުރު ކުރީ 11:00 ގައި ފ. އަތޮޅު ހޮސްޕިޓަލް ގެ މީޓިން ރޫމް ގައެވެ. ހުށައަޅާ ސިޓީ އުރައިގެ ބޭރުގައި " 25 އަހަރު ގެ ޞިއްޙީ ޚިދުމަތުގެ ލޯގޯ ފަރުމާކުރުން " މިހެން ޖައްސަވާފައި އޮންނަން ވާނެއެވެ،

10 ފެބުރުވަރީ 2021
ހޯދާ