ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
ޕީއީ ގްރައުންޑް މަރާމަތު ކުރުން

މިސްކޫލުގެ ޕީ.އީ ގްރައުންޑްގައި ހަދާފައިވާ ދަގަނޑު ހަޓް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 21 ފެބުރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 11:00 ށް  މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށް ފަހު 24 ފެބުރުއަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ށް މި ސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އަދި ދަންނަވަމެވެ. އަންދަސީ ހިސާބު ހުށަހެޅޭނީ މައުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން ގަޑިނުޖެހި ހާޟިރުވާ ފަރާތްތަކަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ލިޔުމުން އެކަން އަންގަންވާނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.                              

15 ފެބުރުވަރީ 2021
ހޯދާ