ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގެ އިންޖިނިއަރިންގ ޑިޕާޓްމެންޓްގެ 2 ކޯހެއްގައި ކިޔަވައިދެއްވާ އަދި ޕްރެކްޓިކަލްސް ބްލޮކް މޯޑައް ނަގާދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ:

ސެޓިފިކެޓް 3 އިން އިލެކްޓްރޯޓެކްނިކަލް އިންޖިނިއަރިންގ

   ޕްރިންސިޕަލް އޮފް އިލެކްޓްރޯ ޓެކްނޮލޮޖީ - (ބޭނުންވާ އަދަދު : 1)

   އެޕްލިކޭޝަން އޮފް އިލެކްޓްރިކަލް ޕްރިންސިޕަލް - (ބޭނުންވާ އަދަދު : 1)

   އިލެކްޓްރިކަލް އިންސްޓަލޭޝަން - (ބޭނުންވާ އަދަދު : 1)

   ބޭސިކް އިލެކްޓްރިކަލް ޕްރޮޓެކްޝަން އެންޑް ސޭފްޓީ - (ބޭނުންވާ އަދަދު : 1)

ސެޓިފިކެޓް 3 އިން ވެލްޑިންގ އެންޑް ޝީޓްމެޓަލް

   ބޭސިކް ވޯކްޝޮޕް ޓެކްނޮލޮޖީ - (ބޭނުންވާ އަދަދު : 1)

   ޝީޓްމެޓަލް ޕްރޮސެސް - (ބޭނުންވާ އަދަދު : 1)

   އޮކްސީ-އެސެޓިލީން ގޭސް ވެލްޑިން - (ބޭނުންވާ އަދަދު : 1)

   ޝީލްޑެޑް މެޓަލް އާކް ވެލްޑިންގ ޕްރޮސެސް - (ބޭނުންވާ އަދަދު : 1)

ޝަރުތު:

  • މާއްދާ އާއި ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގުރީ ހާސިލްކޮށްފައިވުން
  • ޓާރޝަރީ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ވަޒީފާ އަދާކުރަންޖެހޭ ތަން

 އެމްއެންޔޫ ތިނަދޫ ކެމްޕަސް

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު

-       ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

-       މިމަޤާމްތަކަށް މީހުން ހޮވުމުގައި މިދާއިރާތަކުން ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ މިސެންޓަރުގެ ނަމްބަރު 3345455 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

21 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

15 ފެބުރުވަރީ 2021
ހޯދާ