ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގައި ކޮންޓްރެކްޓް އުސޫލުން ވަޒީފާއަދާކުރުމުގެ ފުރުޞަތު

       

ކޮންޓްރެކްޓް އުސޫލުން ވަޒީފާއަދާކުރުމުގެ ފުރުޞަތު

ތާރީޚް  

 

14 ފެބުރުވަރީ 2021         

ނަންބަރު 

     (IUL)168-CA/1/2021/19

ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް

މަޤާމު:             

 އެސިސްޓެންޓް އިންސްޕެކްޝަން އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު:        

 01 (އެކެއް)

ކޮންޓްރެކްޓުގެ މުއްދަތު:    

 21 އޭޕްރީލް 2021ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: 

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:   

- މުސާރަ: މަހަކު -/9,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި          

 ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުޠު:            

  1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަޑުގެ 5 ވަނަ  ސަނަދު) ހާސިލް ކޮށްފައިވުމާއެކު މަޤާމާގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން އެޑްވާންސް ސެޓްފިކެޓް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު) ހާސިލްކޮށްފައި ވުމާއެކު މަސައްކަތާ ގުޅޭ  ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު    

  1. އެންޓި-ޓޯޗަރ ޤާނޫނު އަދި ކޮންވެންޝަން އެގެއިންސްޓް ޓޯޗަރއާ އެއްގޮތްވާ ގޮތުގެ މަތިން، އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި، އަދަބު ދިނުން ހުއްޓުވުމަށާއި، އެފަދަ އެއްވެސް ޢަމަލެއް ހިނގިޔަނުދިނުމަށްޓަކައި މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބާފައި ތިބޭ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަން އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާ އަދި ޒިޔާރަތްތަކުގެ ރިޕޯޓް ތައްޔާރުކުރުން،
  2. މިނިވަންކަން ގެއްލޭގޮތަށް މީހުންބައިތިއްބައިފައި ތިބޭ ތަންތަނަށް ޒިޔާރަތް ކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން،
  3. މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާފައި ތިބޭ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ސަމާލުކަމަށް ގެނައުން،
  4. މިނިވަންކަން ގެއްލޭގޮތަށް ބައިތިއްބާ މީހުންނާއި މިފަދަ ތަންތަން ބެލެހެއްޓުމާއި ހަވާލުވެގެން ތިއްބަވާ ފަރާތްތަކާއި، މުއައްސަސާތަކާއި، އެހެނިހެން ފަރާތްތަކުން މިފަދަ ތަންތަނުގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމާއި ގުޅޭގޮތުން ހެދިފައިވާ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާޙަދާތަކާއި، ޤަރާރުތަކާއި، ސްޓޭންޑަޑްތަކާ އަދި ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވުން،
  5. މިނިވަންކަން ގެއްލޭގޮތަށް މީހުން ބައިތިއްބާފައި ތިބޭ ތަންތާންގައި އަނިޔާވެރި، ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުކުރުމާއި އަދަބު ދިނުން ހުއްޓުވުމަށްޓަކައި، ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް އިންތިޒާމްކޮށް ކުރިޔަށް ގެންދިޔުން،
  6. މިފަދަ ތަންތަނަށް ކޮމިޝަނުން ޒިޔާރަތް ކުރުމަށްފަހު، އެއިދާރާތަކަށް ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތައް ތަންފީޛުކުރެވެމުންދާ މިންވަރު ބަލައި، އެހުށަހެޅުންތައް ތަންފީޛު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން،
  7. ޑިރެކްޓަރުގެ ލަފާއާއެއްގޮތަށް އެން.ޕީ.އެމްގެ މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއިއެކު މުޢާމަލާތްކޮށް އެކުގައި މަސައްކަތްކުރުން،
  8. މިނިވަންކަން ގެއްލޭގޮތަށް މީހުން ބަންދުކޮށްފައިތިބޭ ފަރާތްތަކާގުޅުންހުރި ދާއިރާތަކުން އާންމުންނާއި، އެހެން މުއައައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައްވުމާއި، ތަމްރީން ޕްރޮގްރާމްތަކުގައި ސެޝަންތައް ފެސިލިޓޭޓްކުރުން. މީގެއިތުރުންވެސް މިދާއިރާއަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަންކުރުން،
  9. ޑިޕާޓްމަންޓުގެ ބޭނުމަށް ހޯދިފައިވާ މައުލޫމާތު އަދި އެހެނިހެން ލިޔެކިޔުންތައް ޑޮކިއުމެންޓްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން،
  10. މަސައްކަތާ ގުޅޭގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ، އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  11. ޑިރެކްޓަރ ނެތް ޙާލަތެއްގައި، ޑިޕާޓްމަންޓްގެ މަސައްކަތް ބެލެހެއްޓުމާއި ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތް ކުރުން
  12. މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 
  13. ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  1. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް   

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި            

2021 ފެބުރުވަރީ 28 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                

އެހެނިހެން           

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސްއާއި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމަ ވަޒީފާ ދާއިމީ ކުރާ ތާރީޚުން ފެށިގެންނެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ.
  7. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  8. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  9. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  10. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  11. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  12. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.  
  13. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                   

 

 

 

 

14 ފެބުރުވަރީ 2021
ހޯދާ