އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެ އިމާރާތްކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ހިނަވާގެ އިމާރާތްކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

                  މިރަށުގައި ޤާޢިމްކުރުމަށް ހަމަޖެހިފައިވާ ހިނަވާގޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، ކައުންސިލުން ދޭ އިރުޝާދާ އެއްގޮތަށް، ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 17 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 13:30 އަށް ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

                  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް އަދި ބިޑް ހުށައެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއި، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ ބަދަލުގައި ހާޒިރުވާ ފަރާތުން  ގެންނަވަންވާނެއެވެ.

                  މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6680053 ފޯނަށް ގުޅުއްވުން އެދެމެވެ.

                  

14 ފެބުރުވަރީ 2021
ހޯދާ