ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ސީނިއަރ ރިސާރޗް އޮފިސަރގެ މަޤާމާއި މޮނިޓަރިންގ އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު

       

ވަޒީފާގެ ފުރުޞަތު

ތާރީޚް  

 

11 ފެބުރުވަރީ 2021             

ނަންބަރު  

       (IUL)168-CA/1/2021/18

ރިސާރޗް އެންޑް މޮނިޓަރިންގ ޑިޕާޓްމަންޓް

މަޤާމު:             

 ސީނިއަރ ރިސާރޗް އޮފިސަރ

ބޭނުންވާ ޢަދަދު:       

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން: 

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:   

- މުސާރަ: މަހަކު -/11,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި          

 ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް

ޝަރުޠު:            

  1. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ޙާޞިލުކޮށްފައި ވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަސައްކަތާ ގުޅޭ ދާއިރާއަކުން  ކޮމިޝަންގެ  އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރުދުވަހު އުޅެ މަސައްކަތު ފެންވަރު ވަޒަންކޮށް އެވްރޭޖް %90 މާކްސް ލިބިފައިވުން.

 މަޤާމުގެ މަސްއޫލިއްޔަތު

  1. ކޮމިޝަނުން ކުރުމަށް ކަނޑައަޅުއްވާ ދިރާސާތަކުގެ ތެރެއިން ޑިޕާޓްމަންޓުން ކުރުމަށް ނިންމާ ދިރާސާތައް ކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި، މި ދިރާސާތަކުގެ މައްޗަށް އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލައި، އަދި   މި ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.
  2. ދިރާސާކުރުމުގެ ތެރޭގައި ކަމާ ގުޅުންހުރި ލިޔުންތައް މުޠާލިއާކުރުމާއި، މަޢުލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ އެކަން ކުރުމާއި، ރިޕޯޓްތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔުމާއި، ކޮމިޝަނުން މި ރިޕޯޓްތައް ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.
  3. ކޮމިޝަނުން ކުރުމަށް ކަނޑައަޅާ ދިރާސާތަކުގެ ތެރެއިން ކަމާބެހޭ މާހިރެއް ލައްވާ ކުރުމަށް ކަނޑައަޅާ ދިރާސާތަކާ ގުޅިގެން، ކަމާބެހޭ މާހިރެއް ހޯދުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކަމާބެހޭ މާހިރު މަޢުލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ ކަމާބެހޭ މާހިރާއެކު މި އަތޮޅުތަކަށް ޒިޔާރަތްކުރުމާއި، މި ޒިޔާރަތްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ކަމާބެހޭ މާހިރުން ދިރާސާގެ ރިޕޯޓްތައް ފޮނުވުމުން ކޮމިޝަނުގެ ފަރާތުން މި ރިޕޯޓްތަކަށް ކޮމެންޓުކުރުމާއި، ކޮމިޝަނުން މި ރިޕޯޓްތައް ފާސްކުރުމާއި، ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އިސް ރޯލެއް އަދާކުރުން. އަދި ކަމާބެހޭ މާހިރުން ލައްވާ ކުރުވާ ދިރާސާތަކުގައި، އެ މާހިރުންނަކީ ރާއްޖެއިން ބޭރުގެ މާހިރެއްނަމަ، ކަމާ ގުޅުންހުރި ލިޔުންތައް މުޠާލިއާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެއްވެސް ލިޔުމެއް ތަރުޖަމާކުރަންޖެހޭނަމަ، އެލިޔުންތައް ތަރުޖަމާކުރާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ މުވައްޒަފުންނަށް ލަފައާއި އިރުޝާދުދިނުން. ކަމާބެހޭ މާހިރުންގެ ރިޕޯޓްތައް ކޮމިޝަނުން ފާސްކުރުމުން، މި ރިޕޯޓްތައް ދިވެހި ބަހަށް ތަރުޖަމާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމުގައި އަދި   މި ދިވެހި ރިޕޯޓްތައް ޑިޕާޓްމަންޓް ލެވެލްގައި ފާސްކުރުމުގައި އިސް ރޯލެއް އަދާކުރުން.
  4. ކޮމިޝަނުން ކުރާ އެންމެހައި މުޢާމަލާތްތަކުގައި ދިރާސާގެ ހޯދުންތަކާ ގުޅޭގޮތުން ހިންގަންޖެހޭ އެންމެހައި މުޢާމަލާތްތައް ހިންގުމުގައި އިސް ދައުރެއް އަދާކުރުން،
  5. އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކާ ގުޅިގެން ކޮމިޝަނުން ހަދަން ނިންމާ ޑެސްކް ރިވިއުތައް ހެދުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރުން،
  6. ޑިޕާޓްމަންޓްއިން ތައްޔާރުކުރާ ދިރާސާ ތަކާއި ރިސާޗްތަކާ  ގުޅިގެން އެކި ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ މީޑިޔާ ޕްރޮގްރާމް، ބައްދަލުވުން އަދި މިނޫންވެސް ގޮތްގޮތަށް ބާއްވާ ފޯރަމްތަކުގައި ބައިވެރިވެ މައުލޫމާތު ހިއްސާ ކުރުން.
  7. މަތީގައި ދަންނަވާފައިވާ ކަންތައްތަކުގެ އިތުރުން، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން، ސީނިއަރ ރިސަރޗް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން،
  8. ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މަސައްކަތަށް އެހީތެރިވެ ދިނުން
  9. އެހެން ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުއާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުން.
  10. އެހެން ޑިޕާޓްމަންޓުގެ މުވައްޒަފުންނާއި، ޑިޕާޓްމަންޓުގެ މަސައްކަތުގައި މުއާމަލާތުކުރަންޖެހޭ ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ މުވައްޒަފުންނާ ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުން.
  11. މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  12. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  13. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

މަޤާމު:             

 މޮނިޓަރިންގ އޮފިސަރ

ބޭނުންވާ ޢަދަދު:       

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން: 

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:   

- މުސާރަ: މަހަކު -/10,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި          

 ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށް

ޝަރުޠު:            

  1. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ
  2. މަސައްކަތާގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ޙާޞިލުކޮށްފައި ވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު    

  1. ކޮމިޝަންގެ މޮނިޓަރިންގ ގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  2. ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުން، ވަކިން ހާއްސަކޮށް މޮނިޓަރިން މަސައްކަތްތައްކުރާ އެހެން މުވައްޒަފުންގެ މަސައްކަތަށް އެހީތެރިވެދިނުން
  3. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ފޯރުކޮށްދޭ މިންވަރު ދެނެގަތުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން
  4. ދިވެހިރާއްޖެ ތަޞްދީޤުކޮށްފައިވާ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ހޯދައިދެވޭ މިންވަރު ދެނެގަތުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން
  5. މީހުންގެ މިނިވަންކަން ގެއްލޭގޮތަށް ނުވަތަ ބަންދުކޮށްފައި މީހުން ތިބޭ ތަންތަނަށް އަމާޒުކޮށްގެން ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރިޕޯޓްތައް (ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ދަށުން ތައްޔާރުކޮށްފައިވާ/މޮނިޓަރކުރާ ރިޕޯޓްތައް) ފިޔަވައި، ކޮމިޝަނުން ދައުލަތައް ހުށަހަޅާ ނިޒާމީ ހުށަހެޅުންތައް ތަންފީޛުކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން
  6. ދިވެހިރާއްޖެ ތަޞްދީޤުކޮށްފައިވާ މުޢާހަދާތަކާއި ޔުނިވަރސަލް ޕީރިއަޑިކް ރިވިއުއާ ގުޅިގެން ކޮމިޝަނުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް އަމަލީގޮތުން ތައްޔާރުކޮށް ޤަވާޢިދުން ފޮނުވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން
  7. ދިވެހިރާއްޖެ ތަޞްދީޤުކޮށްފައިވާ މުޢާހަދާތަކާއި ޔުނިވަރސަލް ޕީރިއަޑިކް ރިވިއުއާ ގުޅިގެން ދިވެހި ދައުލަތައް ހުށަހަޅާ ހުށަހެޅުންތައް ތަންފީޒުވާ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން
  8. ދިވެހިރާއްޖެ ތަޞްދީޤުކޮށްފައިވާ މުޢާހަދާތަކާއި  ޔުނިވަރސަލް ޕީރިއަޑިކް ރިވިއުއާ ގުޅިގެން ހުށަހަޅަންޖެހޭ ރިޕޯޓުތަކުގެ އިތުރުން، އިންސާނީ ޙައްޤުތަކާ ގުޅުންހުރި މައްސަލަތަކާ ގުޅޭ ރިޕޯޓުތައް އ.ދ ގެ ވޯކިންގް ގްރޫޕް އަދި ސްޕެޝަލް ޕްރޮސީޖަރޒްއަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން
  9. އަތޮޅުތެރޭގައި އިންސާނީ ޙައްޤުތައް ފޯރުކޮށްދޭ މިންވަރު ދެނެގަތުމުގެ ގޮތުން، ރާވާލެވޭ ގޮތެއްގެ މަތިން އަތޮޅުތަކަށް ޒިޔާރަތްކޮށް އެ އަތޮޅުތަކުން ފާހަގަކުރެވޭ އިންސާނީ ޙައްޤުތަކާ ގުޅުންހުރި ކަންތައްތަކުގެ މައްޗަށް ބިނާކޮށް އަމަލީގޮތުން ރިޕޯޓް ތައްޔާރުކޮށް ޤަވާޢިދުން ފޮނުވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން
  10. މަތީގައި ދަންނަވާފައިވާ ކަންތައްތަކުގެ އިތުރުން، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެގޮތުން، މޮނިޓަރިންގ އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  11. މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  12. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
  13. އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް   

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި            

2021 ފެބުރުވަރީ 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                 

އެހެނިހެން           

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސްއާއި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމަ ވަޒީފާ ދާއިމީ ކުރާ ތާރީޚުން ފެށިގެންނެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ.
  7. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  8. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  9. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  10. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  11. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  12. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.  
  13. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                   

 

 

 

11 ފެބުރުވަރީ 2021
ހޯދާ