ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ލޯ ފަރމެއް ހޯދަން ބޭނުންވެއްޖެ

މި އިޢުލާންވަނީ 16 ފެބުރުވަރީ 2021 12:41 ގައި ބާތިލް ކުރެވިފައެވެ.


ހިއުމަން ރައިޓްސް ކޮމިޝަނަށް ބޭނުންވާ، ޤާނޫނީ ލަފާދިނުމާއި، ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅިގެން، ހަދަންޖެހޭ އެސްއޯޕީ ތަކާއި، ޤަވާއިދުތަކާއި އެގްރީމެންޓްތައް ހެދުމާއި، އަދި ކޮމިޝަނުން ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކާއި، ކޮމިޝަނުގެ މައްޗަށް ހުށަހަޅާ ދަޢުވާތަކުގައި ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލް ތަކަށްގޮސް ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އަދި މިނޫންވެސް، ޤާނޫނީގޮތުން ކޮމިޝަނުން ކުރަންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ލޯ ފަރމެއް ހޯދަން ބޭނުންވެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ލޯ ފަރމްތަކުން، 2021 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނުގެ ނަންބަރު ހެޑާގައި ޖެއްސެވުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އައިޑެންޓިޓީ ކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރާ ފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު ކަރުދާސް 2021 ފެބުރުވަރީ 16 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 2021 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ހެޑްއޮފީސް، މއ. އުތުރުވެހި، 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 3003152

11 ފެބުރުވަރީ 2021
ހޯދާ