ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ އުޞޫލަށް ބަދަލުގެނައުމާ ގުޅޭ.

27 ޖަނަވަރީ 2021 ގައި ބޭއްވުނު ކުޅުދުއްފުށި ކައުންސިލްގެ 03 ވަނަ ދައުރުގެ 174 ވަނަ ބައްދަލުވުމުން ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ އުޞޫލަށް ވަނީ ބަދަލު ގެނެވިފައެވެ. އިސްލާޙްކުރެވުނު އުޞޫލު މިޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 ވީމާ، މިކަން މަޢުލޫމާތަށްޓަކައި ޢާއްމޮކުށް ޢިއުލާންކުރަމެވެ.

 

 

ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާނެ އުޞޫލު

 

1. ތަޢާރަފާއި ނަން:

( ހ ) މިއީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞުލުން މަސް ގެނެވިއްކާ ފަރާތްތަކުން ޢަމަލުކުރުމަށް އެކުލަވާލާފައިވާ އުސޫލެވެ.

( ށ ) މި އުސޫލަށް ކިޔަނީ " ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސްގަނެ ވިއްކާ ފަރާތްތަކުން  ޢަމަލުކުރާނެ އުޞޫލު " އެވެ.

2. މަސްމާރުކޭޓްގައި މަސްކެނޑޭނެ ފަރާތްތައް

(ހ) ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތްދެވޭނީ މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތްދޭ  ފަރާތެއްގެ ގޮތުގައި ކައުންސިލް އިދާރާގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

3. ވިޔަފާރި އުޞުލުން މަސްގަނެ ވިއްކާފަރާތްތައް

ވިފާރި އުޝޫލުން މަސްވެރިންގެ އަތުން މަސްގަނެ ވިއްކުމަށް މަސްމާރުކޭޓުގެ ބޭނުން ހިފާފަރާތްތަކާއި، ލޮނުމަސްއެޅުމަށް މަސްގަނެ އެފަދަ ބޭނުމަށް މާރުކޭޓުގެ ބޭނުން ހިފާފަރާތްތަކުންވެސް މަސްމާރުކޭޓްގެ ބޭނުން ހިފަންވާނީ މި އުޞޫލްގެ ދަށުން ރަޖިސްޓަރީ ކުރުމަށް ފަހުގައެވެ.

 

4. ޚިދުމަތަށް އެދުން

މަސްކެނޑުމުގެ ޚިދުމަތްދިނުމަށް އެދެވޭނީ މިޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލުމުންނެވެ.

 

5. ޚިދުމަތްދޭނެ ބަޔަކު ކަނޑައެޅުން

ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން އެކަމަށް މީހުން ކަނޑައަޅާނީ ތިރީގައިވާ ހަމަތަކުގެ މަތިންނެވެ.

1 – ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލުމަށްފަހު ގުރުއަތުން ހޮވޭ ފަރާތްތަކެވެ.

 

2 – މަސްކެނޑުމުގެ ޚިދުމަތުން (އެއްބަސްވުމާއި ޚިލާފްވެގެން) އެކަހެރިކުރެވިފައިވާ ފަރާތެއް ކުރިމަތިލައިފިނަމަ އެފަރާތަކަށް ގުރުއަތުގައި ބައިވެރިވެވޭނީ ޚިދުމަތުން އެކަހެރި ކުރެވުނު ދުވަހުން ފެށިގެން މީލާދީ 2 އަހަރުވެފައިވާނަމައެވެ.

 

5. ރަޖިސްޓަރީކުރުން

ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތައް މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭނެއެވެ.

6. ފީނެގުން

މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ކޮންމެ ފަރާތެއްގެ އަތުން ތިރީގައިވާ ގޮތުގެމަތިން ފީނެގޭނެއެވެ.

( ހ ) ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/50ރ

( ށ ) މަހަކަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ރޭޓުން މަހުފީއެއް ނެގޭނެއެވެ.

( ނ ) މަހުފީގެ ގޮތުގައި ދައްކާ ފައިސާ އެމަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކަންވާނެއެވެ. މިމުއަދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ދެން ފައިސާ ބަލައިގަނެވޭނީ -/100ރ ގެ ޖުރުމަނާއަކާ އެކުގައެވެ. 10 ވަނަ ދުވަސް ބަންދުދުވަހަކަށް ވެއްޖެނަމަ ދެން ހުޅުވޭ ފުރަތަމަ ދުވަހު ފައިސާ ދައްކައިފިނަމަ ޖުރުމަނާއަކާ ނުލައި ފައިސާ ބަލައިގަނެވޭނެއެވެ.

ވިޔަފާރި އުޞޫލުން މަސްވެރިންގެ އަތުން މަސްގަނެ ވިއްކާފަރާތްތަކުގެ އަތުން ތިރީގައިވާ ގޮތުގެމަތިން ފީ ނެގޭނެއެވެ.

1 – ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/50ރ

2 – މަހަކަށް -/500ރ (ފަސްސަތޭކަ) ރުފިޔާގެ ގެ ރޭޓުން މަހުފީއެއް ނެގޭނެއެވެ.

 

7. މުއްދަތު އަދި އެއްބަސްވުން

( ހ ) މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތެއް ރަޖިސްޓަރީ ކުރެވޭނީ 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލް އިދާރާއާއި އެފަރާތަކާއިދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

( ށ ) ވިފާރި އުޝޫލުން މަސްވެރިންގެ އަތުން މަސްގަނެ ވިއްކުމަށް މަސްމާރުކޭޓުގެ ބޭނުން ހިފާފަރާތްތަކާއި، ލޮނުމަސްއެޅުމަށް މަސްގަނެ އެފަދަ ބޭނުމަށް މާރުކޭޓުގެ ބޭނުން ފަރާތްތައްވެސް ރަޖިސްޓަރީ ކުރެވޭނީ 01 (އެކެއް) އަހަރު މުއްދަތަށް ކައުންސިލް އިދާރާއާއި އެފަރާތަކާއިދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

 

8. ކަރުގޮހޮރުނަގާ ތަންސާފުކުރުން

      ( ހ ) މަސްކަނޑާއިރު އުކާލެވޭ މަހުގެ ބައިތަށް ތަނުގައި ބެހެއްޓިފައި ވާ ޑަސްބިންތަކަށް އަޅަންވާނެއެވެ.

      ( ށ ) މަސް ކަނޑާނިމިގެން މަސްކަނޑާއަށި އަށްޓާއި ތަން ރަނގަޅަށް ސާފުކުރަންވާނެއެވެ.

      (ނ) މަސްމާރުކޭޓާއި ސަރަހައްދުގެ ސާފުތާހިރުކަން ގެއްލޭގޮތަށް މަސްކަނޑާ ފަރާތްތަކުން އަމަލުކޮށްގެންނުވާނެއެވެ.

      ( ރ ) މަސްމާރުކޭޓްގެ ފެނާއި ކަރަންޓް އިސްރާފުވާގޮތަށް ޢަމަލުކޮށްގެން ނުވާނެއެވެ.

9. ޤަވައިދާ ޚިލާފްވުން

      މި ޤަވައިދާ ޚިލާފަށް މަސްމާރުކޭޓްގައި ޢަމަލުކުރާ ފަރާތްތައް ތިރީގައި ދަންނަވާފައިވާ އުޞޫލުން ޖުރުމަނާ ކުރެވޭނެއެވެ.

      ( ހ ) ޤަވައިދާ ޚިލާފްވާ ފުރަތަމަ ފަހަރު އެކަން ސާބިތުވެއްޖެނަމަ -/1000ރ (އެއްހާސްރުފިޔާ) އިން ޖުރުމަނާކުރުން

      ( ށ ) ޤަވައިދާ ޚިލާފްވާ ދެވަނަ ފަހަރު އެކަން ސާބިތުވެއްޖެނަމަ -/5000ރ (ފަސްހާސްރުފިޔާ) އިން ޖުރުމަނާ ކުރުން

      ( ނ ) ޤަވައިދާ ޚިލާފްވާ ތިންވަނަ ފަހަރު އެކަން ސާބިތުވެއްޖެނަމަ -/10000ރ (ދިހަހާސްރުފިޔާ) އިން ޖުރުމަނާ ކުރުން. އަދި ތިންވަނަ ފަހަރަށްފަހު ތަކުރާރުވާ ކޮންމެ ފަހަރަކު -/15000ރ (ފަނަރަހާސްރުފިޔާ) އިން ޖުރުމަނާ ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

      ( ރ ) ޤަވައިދާ ޚިލާފްވާ ފަރާތަކީ މަސްކެނޑުމަށް ރަޖިސްޓަރީވެފައިވާ ފަރާތެއްނަމަ އެފަރާތެއް ޖުރުމަނާ ކުރުމާއެކު އެފަރާތެއްގެ ހުއްދަ ބާޠިލްކުރެވޭނެއެވެ. އަދި ދެން އެފަރާތަކަށް މަސްކެނޑުމުގެ ހުއްދަ ދެވޭނީ ހުއްދަ ބާޠިލްކުރާ ދުވަހުން ފެށިގެން މީލާދީ 2 އަހަރު ހަމަވުމަށްފަހުގައެވެ.

9 . ޚިދުމަތް ދިނުމުގެ އުޞޫލް

      ( ހ ) މަސްކެނޑުމުގެ ޚިދުމަތަށް އެދި އަންނަ ކޮންމެ ފަރާތަކަށް ޚިދުމަދޭންވާނީ ހަމަހަމަކަމާއެކު ޖިންސުގެ ތަފާތުކުރުމެއްނެތި އަންނަ ތަރުތީބުގެ މަތިންނެވެ.

      ( ށ ) މަސްކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކުން އެކަމުގެ އަގު ނަގަންވާނީ އެންމެންނަށް އެއްހަމައެއްގެމަތިން ތަފާތުކުރުމެއްނެތިއެވެ.

      ( ނ ) މަސްވެރިންގެ އަތުން މަސްގަނެ ވިޔަފާރީގެ އުޞުލުން މަސްގަނެވިއްކާ ފަރާތްތަކާއި ލޮނުމަހުގެ މަސްވެރިކަމަށް މަސް ގަންނަ ފަރާތްތަކުން މަސްމާރުކޭޓްގައި މަސައްކަތް ކުރާއިރު މަސްވެރިންނަށް ދަތިވާގޮތަށް ކަންތައްތައް ކޮށްގެން ނުވާނެއެވެ.

01 ފެބުރުވަރީ 2021
ހޯދާ