ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ

 

އިޢުލާން

ގދ. ފިޔޯރީ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ            

 

ގދ. ފިޔޯރީ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 24 ފެބުރުއަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން ރެޖިސްޓްރީ ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށައަޅާފައިވާ ފަރާތަކަށް އަންދާސީ ހިސާބާއި ގުޅޭ ލިޔެކިއުންތައް މެއިލްގެ ޒަރިއްޔާ ފޯރިކޮށްދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 8 މާރޗް 2021 ވާ ހޯމަ ދުވަހުގެ ހެދުނު 10:00ގައި މިކައުންސިލް އިދާރާގެ މީޓިންގ ހޯލްލުގައެވެ.

 

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 25 ފެބުރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބްތަކާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

                                10 ފެބުރުއަރީ 2021

10 ފެބުރުވަރީ 2021
ހޯދާ