މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ޕާރްސެލް ލޮކަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ޕަރްސެލް ލޮކަރ ސަޕްލައި  ކުރުމަށް މި މިނިސްޓްރީއިން ދެވިފައިވާ މައުލޫމާތު ބަދަލު ވެފައިވާތީ، ކުރިން ކުރެވުނު އިއުލާން ބާތިލްކޮށް މި މިނިސްޓްރީ އިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މިނިސްޓްރީއަށް ބޭނުންވާ DBS Parcel Locker ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއެވެ.

 

           ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ފެބުރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ( މ.ޗަނބޭލީ ވިލާ (ކުރީގެ ސްޓަރ ސިނަމާ ބިލްޑިންގ) 3 ވަނަ ފަންގިފިލާ ) އަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި މި ޢިއުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ޢިއުލާންއާއިއެކު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ

 

   އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3037300 ނަންބަރު ފޯނާއެވެ.

09 ފެބުރުވަރީ 2021
ހޯދާ