ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓްގައި މަސްކެނޑުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު ހުޅުވާލުން

ކުޅުދުއްފުށީ މަސްމާރުކޭޓްގެ 05 ޖާގައިގައި ރަޖިސްޓްރީ ވެގެން މަސްކެނޑުމުގެ ޚިދުމަތަށް އެދުމުގެ ފުރުޝަތު ހުޅުވާލަމެވ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 14:00ގެ ކުރިން "ކުޅުދުއްފުށި މަސްމާރުކޭޓުގައި މަސްކެނޑުމުގެ ޚިދުމަތް ދިނުމަށް އެދި ހުށައަޅާ ފޯމް" މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަސްކަނޑާ އަށިތައް ދޫކުރުމަށް ހަމަޖެހިފައިވާނީ މިކަމަށް އެދިލައްވާފައިވާ ފަރާތްތަކުގެ މެދުގައި ޤުރުޢަތު ލައިގެންނެވެ.

 މަސްކަނޑާ އަށިތައް ދޫކުރުމާ ގުޅޭ އިތުރު މަޢުލޫމާތު  މިއިދާރާގެ ވެބްސައިޓްގައި ޝާއިރު ކުރެވިފައިވާ "ކުޅުދުއްފުށީ މަސްމާރުކޭޓްގައި މަސް ކެނޑުމުގެ ޚިދުމަތްދޭ ފަރާތްތަކާއި ވިޔަފާރި އުޞޫލުން މަސް ގަނެވިއްކާ ފަރާތްތަކުން ޢަމަލުކުރާ އުޞޫލު" އިން ލިބިލައްވާނެވެ. ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން، 10 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 08:00އިންފެށިގެން 18 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ރަސްމީ ގަޑި ތަކުގައި އޮފީހުގެ ކައުންޓަރުން ކުރިއަށް ދާނެއެވެ.

09 ފެބުރުވަރީ 2021
ހޯދާ