ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮނިހިރު ދުވަހު ކުޅުދުއްފުށި ލޯކަލް ބަނދަރުގައި އެލޯންގްސައިޑްކޮށްގެން އަދި ކްރޭން ބޭނުންކޮށްގެން މުދާ ބޭލުން މަނާ ކުރުމާ ގުޅޭ

          ކުޅުދުއްފުށި ކައުންސިލްގެ 03 ވަނަ ދައުރުގެ 174 ވަނަ ބައްދަލުވުމުން ރަށުގެ ލޯކަލް ބަނދަރުގައި އެލޯންގްސައިޑްކޮށްގެން އަދި ކްރޭން ބޭނުންކޮށްގެން، ހޮނިހިރި ދުވަހުގެ ހެނދުނު 7:00 އިން މެންދުރުފަހު 2:30 ދެމެދު މުދާ ބޭލުން މަނާ ކުރެވިފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ. ކުޅުދުއްފުށި ލޯކަލް ބަނދަރަކީ އަބަދުވެސް ކާރުބާރު ބޮޑު ބަނދަރަކަށްވެފައި ކޮވިޑް-19 ރޯގާއާ ގުޅިގެން ކުޅުދުއްފުއްޓަށް ދުރުހިސާބުތަކުގެ ރަށްތަކުން އެކި ބޭނުންތަކަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ބަނދަރުގެ އެންމެ ކާރުބާރުބޮޑު ހޮނިހިރު ދުވަހު، ކްރޭން ބޭނުންކޮށްގެން މުދާ ބޭލުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމަކަށް ވަތީ އަދި ކްރޭން ބޭނުންނުކޮށްވެސް އުޅަނދު އެލޯންގްސައިޑްކޮށްގެން މުދާ ބޭލުމަކީ ބަނދަރުގައި އުޅަނދު އެޅުމަށް އޮންނަ ޖާގަ ވަރަށް ބޮޑަށް ގެއްލޭކަމަކަށް ވާތީ، އެންމެންގެ ރައްކަލާއި ފަސޭހައަށްޓަކައި ބަނދަރު ބޭނުންކުރުމަށް މަތީގައި ދެންނެވިފައިވާ ބަދަލު ގެނެވިފައިވާކަން އަންގަމެވެ. މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު ދަންނަވަމެވެ.  

28 ޖަނަވަރީ 2021
ހޯދާ