މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

`

                       މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

ކުޑަރިކިލު، ދިވެހިރާއްޖެ

Secretariat of the Kudarikilu Council, South Maalhosmadulu

Kudarikilu, Rep of, Maldives

 

ނަންބަރު: IUL)313-MI/313/2021/6)  

އިޢުލާން

ނަރުދަމާ ނިޒާމުގެ ހިދުމަތް 05 ގެއަށް ގުޅާދިނުމާއި ނޫރާނީމަގު އިރުމަތިކޮޅުން އަލަށް އާބާދުވާ ސަރަހައްދަށް 218 ފޫޓްގެ ހޮޅިލައިނެއް އަޅާ މިހާރު ބޭނުންކުރަމުންދާ ނަރުދަމާ ނިޒާމުގެ މައިލައިނަށް ގުޅައިދިނުމާއިބެހޭ

 

            ކުޑަރިކިލުގައި ގާއިމްކޮށް ބޭނުންކުރަމުންދާ ނަރުދަމާ ނިޒާމުގެ ހިދުމަތް 05 ގެއަށް ގުޅާދިނުމާއި ނޫރާނީމަގު އިރުމަތިކޮޅުން އަލަށް އާބާދުވާ ސަރަހައްދަށް 218 ފޫޓްގެ ހޮޅިލައިނެއް އަޅާ މިހާރު ބޭނުންކުރަމުންދާ ނަރުދަމާ ނިޒާމުގެ މައިލައިނަށް ގުޅާދިނުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށްކުރި ނަންބަރު :IUL)313-MI/313/2021/3) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ވަޑައިގަތީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.  

 

އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން  2021 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ފެބުރުވަރީ 01 ވާ ހޯމަދުވަހުގެ 10:00 އަށް މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.  

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެ ކަމުގައި ދެންނެވީމެވެ.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

       13 ޖުމާދަލް އާޚިރާ 1442ހ.

       26 ޖަނަވަރީ    2021  މ.

26 ޖަނަވަރީ 2021
ހޯދާ