ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު: GS-119/IUL/2021/01

   2021 ވަނަ އަހަރު މި ސުކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން 2 ވަނަފަހަރަށް އިޢުލާންކުރުން

2021 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 20 ޑިސެމްބަރ 2020  ގައިކުރި މިސްކޫލުގެ ނަމްބަރ: GS-119/2020/15 އިޢުލާނާއިގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ބޮޑުކަމަށްފާހަކުރެވޭތީ އެއިޢުލާން ބާޠިލްކޮށް 2021 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުންއިޢުލާންކުރަމެވެ.

މި ޚިދުމަތްދިނުމަށްއެދި ބީލަންހުށަހެޅޭނީ، ވިޔަފާރިރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  މިގޮތުން މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޟިރުވާނަމަ އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮންކުންފުންޏެއްކަން އެގޭނެ ލިޔުމެށް ހުށަހަޅުންވަންވާނެއެވެ.

  1. ބީލަމުގައިބައިވެރިވެލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 21 ޖަނަވަރީ 2021  އިން 26 ޖަނަވަރީ 2021 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30  އިން މެންދުރުފަހު 13:00 ދެމެދު މި ސުކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓްކުރެއްވުމާއި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.
  2. މި ޕްރޮޖެކްޓާއިބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 ޖަނަވަރީ 2021 ވާ ބުދަދުވަހުގެ 14.00 ގެކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުއްވުންއެދެމެވެ.   
  3. 2. މި ޕްރޮޖެކްޓާއިބެހޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންއޮންނާނީ 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 13:00 ގައި މި ސުކޫލުގެ އޮފީސް ރޫމްގައެވެ. މައުލޫމާތުސާފުކުރުމަށާއި ބިޑުހުށަހެޅުމަށް ވެރިފަރާތުގެބަދަލުގައި ދުރުވާބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއާއި ނޭސަނަލް އައި،ޑީ ކާޑްގެކޮޕީ ހުށަހަޅަންވާނެއެވެ.
  4. ބީލަންހުޅުވުން އޮންނާނީ 01 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މި ސުކޫލް އޮފީސް ރޫމްގައެވެ.
  5. ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައިނަންނޯޓް ނުކުރައްވާފަރާތްތަކަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުނުގައި ބައިވެރި ނުވެވޭނެވާހަކަ ދަންނަވަމެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތުގެ ސޮފްޓްކޮޕީ 21 ޖަނަވަރީ 2021  އިން 26 ޖަނަވަރީ 2021 އަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:30  އިން މެންދުރުފަހު 13:00 ދެމެދު މި ސުކޫލަށް ދުރުވުމުން ލިބިވަޑައިގަންނަވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  8.  ޕްރޮކިއުމަންޓް ސެކްޝަން   ލަންދޫ ސްކޫލް ނ. ލަންދޫ، ދިވެހިރާއްޖެ.
  9. ފޯން: 6560576  ، އީ-މެއިލް: [email protected] ،ކޮޕީ-މެއިލް: [email protected]

      ވީމާ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  20 ޖަނަވަރީ 2021 

20 ޖަނަވަރީ 2021
ހޯދާ