އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑުފޮޅުދޫ ކައުންސިލް އަދި މޯލްޑިކެއަރ ކްލިނިކް ގުޅިގެން މެޑިކަލް ކޭންޕެއް ހިންގުމާ ގުޅޭ :

 

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާ

   އއ. ބޮޑުފޮޅުދޫ / ދިވެހިރާއްޖެ

 

އިޢުލާން

ބޮޑުފޮޅުދޫ ކައުންސިލް އަދި މޯލްޑިކެއަރ ކްލިނިކް ގުޅިގެން މެޑިކަލް ކޭންޕެއް ހިންގުމާ ގުޅޭ :

           މިކައުންސިލާއި މޯލްޑިކެއަރ ކްލިނިކާ ގުޅިގެން މިހިނގާ ޖެނުއަރީ މަހުގެ ތެރޭގައި  މިރަށުގައި ދަތުގެ ފަރުވާއަށް ޙާއްސަ މެޑިކަލް ކޭންޕެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

            ވީމާ، ދަތުގެ ފަރުވާ ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 19 ޖެނުއަރީ 2021ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލަށް ދުރުވެ ނަންނޯޓް ކުރެއްވުމަށް ނުވަތަ މިކައުންސިލްގެ ނަންބަރ 6660657 އާއި ގުޅުއްވައި ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. އަދި ނަންނޯޓް ކުރައްވާއިރު އައި.ޑީ ކާރޑް ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު ބޭނުންވާނެ ވާހަކަ ދަންނަވަމެވެ.

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           02 ޖުމާދުލްޢާހިރަ 1442  

           17 ޖެނުއަރީ 2021

17 ޖަނަވަރީ 2021
ހޯދާ