ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނިން ހުސްވެފައިވާ ޑްރައިވަރ ގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 2020 ވަނަ އަހަރު ކުރެވުނު އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކުންފުނިން ހުސްވެފައިވާ ޑްރައިވަރގެ މަޤާމަށް މީހަކު ހޯދުމާއި ބެހޭ.

މަޤާމް : ޑްރައިވަރ ގރ.1

ބޭނުންވާ އަދަދު : 01 (އެކެއް)

މުސާރަ : -/4380 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް : 

  • އިތުރު ގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ ވަޒީފާއާއިބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ބަންދު ދުވަހުގެ އެލަވަންސް ލިބޭނެއެވެ.
  • އަދި ކުންފުނީގެ ޕޮލިސީތަކާއި އެއްގޮތަށް އެހެނިހެން އިނާޔަތްތައް ލިބޭނެއެވެ.

މަޤާމުގެ ޝަރުތު :

  • ފޯކްލިފްޓާއި ކްރޭންފަދަ އުޅަނދުތައްދުއްވުމުގެ ލައިސަންސް އޮތުމާއިއެކު މިފަދަ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 04 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއިއެކު މިތަނުން ދޭ ވެހިކަލް އޮޕަރޭޓްކުރުމުގެ ޓެސްޓަކުން ފާސްވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކުކަމުގައިވުން.

ސުންގަޑި :

  • 25 ޖެނުއަރީ 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި :

  • މަޤާމަށްއެދި ހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އެކު)

ހުށަހަޅަންޖެހޭ އޮފީސް : 

  • ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް ، ހދ ކުޅުދުއްފުށީ
  • އީމެއިލް : [email protected]

ނޯޓް : މި އިޢުލާނާއި ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކޮއްފައިވާ މަޢުލޫމާތު ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ކުރެވޭނެއެވެ.

-          މަޤާމަށް އެދިހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ).

 

16 ޖަނަވަރީ 2021
ހޯދާ