ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރު އިޖުތިމާޢީ މަރުކަޒަށް ފިޒިކަލް ފިޓްނަސް އިންސްޓަރަކްޓަރުން ހޯދުން.

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ.

އިޢުލާން

 ހިންނަވަރު އިޖުތިމާޢީމަރުކަޒަށް ފިޒިކަލް ފިޓްނަސް އިންސްޓަރަކްޓަރުން ހޯދުން.

މަގާމް:                    ފިޒިކަލް ފިޓްނަސް އިންސްޓަރަކްޓަރުން

ބޭނުންވާ ޢަދަދު:             2 (ދޭއް)

މަގާމުގެ ގިންތި:             ވޭޖް އެމްޕްލޯއީމަންޓް (06 މަސްދުވަހުގެ މުއްދަތަށް)

މުސާރަ/އުޖޫރަ:              މަސައްކަތް ކުރާ ގަޑިއިރަކަށް -/42 ރުފިޔާ.

އިތުރުގަޑި:                  (މިމަޤާމަކީ މަސައްކުރާ ގަޑިއަށް މުސާރަ ކަޑައެޅިފައިވާ މަޤާމަކަށްވާތީ އިތުރުގަޑީގެ ފައިސާ

                        ލިބޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ.)

 

އާންމުކޮށް މަސައްކަތްކުރަންޖެހޭ ދުވަހާއި ގަޑި:ހަފްތާއަކު 07 ދުވަހު ދުވާލަކު 8 ގަޑިއިރު (މަހަކު ގިނަވެގެން ޖުމްލަ 250 ގަޑިއިރު)

ފެންވަރު ނުވަތަ ޝަރުތު:       މަޤާމާ ގުޅޭ ދާއިރާއަކުން ސެޓްފިކެޓް ޙާޞިލުކޮށްފައި ވުމާއިއެކު 2 އަހަރު ދުވަހުގެ މަސައްކަތުގެ   ތަޖުރިބާ ލިބިފައިވުން.                          

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:

  1. އިޖްތިމާޢީ މަރުކަޒުން ކަނޑައަޅާ ޠާވަލްއަކާއި އެއްގޮތަށް ވަޒީފާއަށް ނިކުމެ ޤަވާޢިދުން ކްލާސްތައް ނަގައިދިނުން.
  2. ރަށުގެ ރައްޔިތުން ކަސްރަތުކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން ގަވާޢިދުން ހެނދުނު އައުޓްޑޯ ޕްރޮގްރާމް ހިންގުން.    
  3. ރަށުގެ ދެޖިންސުގެ ޒުވާނުންނަށް އިންޑޯ އަދި އައުޓްޑޯ ކަސްރަތު ޕްރޮގްރާމްތައް ރާވާ ހިންގުން.
  4. ފިޒިކަލް ފިޓްނަސްއާއިގުޅޭ އެވެއާނަސް ޕްރޮގްރާމްތައް ރަށުގައި ހިންގުން.
  5. މަރުކަޒުގެ ފަރާތުން ކުޅިވަރު ދާއިރާއިން ރަށުގައި ހިންގާ ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން.
  6. ރަށުގައި ޙަރަކާތްތެރިވާ ކްލަބް ޖަމްއިއްޔާތަކާއި، ގުޅިގެން ކަސްރަތު ޕްރޮގްރާމްތައްރާވާ ހިންގުން.
  7.  މިނިސްޓްރީއިން/ކައުންސިލުން އެދިއްޖެނަމަ އަތޮޅު ތެރޭގައި ހިންގޭ ފިޒިކަލް ފިޓްނަސް ޕްރޮގްރާމްތަކާއި، ޙަރަކާތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން

                                I.            ޖިމް

  1. ޖިމްގެ ޙިދުމަތް ހޯދަންއަންނަ ފަރާތްތަކަށް އެހީތެރިވެ ޖިމްގެ ޙަރަކާތްތައް ހިންގުން.
  2. ދެޖިންސުގެ ޒުވާނުންނަށް ޖިމްގެ އިކްއިޕްމެންޓްސް ބޭނުން ކުރާނެ ރަނގަޅުގޮތް ބުނެދިނުން.
  3. ޖިމް ބޭނުންކުރާ މެންބަރުންގެ މަޢުލޫމާތު ފައިލް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. ފިޒިކަލްފިޓްނަސް ޕްރޮގްރާމް ތައްޔާރުކޮށް ޖިމްގެ މެމްބަރުނަނަށް ޖިމްގެ ވޯކް އައުޓްސް ދަސްކޮށްދިނުން.
  5. ޖިމްގެ މެންބަރުން ވޯޓިވޭޓްކުރުމުގެ ގޮތުން ފިޒިކަލް ފިޓްނަސް ތަފާތު ޕްރޮގްރާމް ހިންގުން.
  6. ޖިމްގައި ބޭނުންކުރާ ތަކެއްޗަށް ގެއްލުމެއް ލިބިއްޖެނަމަ ވަގުތުން މަރުކަޒުގެ އޮފީހަށް އެކަންއަންގާ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން އަދި ޖިމްއަށް ބޭނުންކުރެވޭ ރޫމްގެ މެއިންޓަނަންސްއަށް ބޭނުންވާ ކަންތައްތައް ރިޕޯރޓްކުރުން.
  7. ޖިމްގައި ބޭނުންކުރާ އިކްއިޕްމަންޓްސް ގިނަދުވަހު ބޭނުންކުރެވޭނެހެން މެންބަރުންނަށް މައުލޫމާތުދީ ބެލެހެއްޓުން.

                             II.            އެރޮބިކްސް

  1. ރަށުގެ ޒުވާނުންނަށް އެރޮބިކްސް ޕްރޮގްރާމްތައް ހިންގުން.
  2. ހިންނަވަރު އިޖްތިމާޢީ މަރުކަޒުގައި ޤަވާޢިދުން އެރޮބިކްސް ކްލާސް ހިންގުން.
  3. އެރޮބިކްސް އެޓެންޑެންސް ތައްޔާރުކޮށް ބަލަހައްޓާ ފައިލްކުރުން އަދި އެރޮބިކްސް ކްލާހުގެ ބައިވެރިންގެ މަޢުލޫމާތު ފައިލެއް ތައްޔާރުކޮށް ބެލެހެއްޓުން.
  4. ކްލާސް ތެރޭގައި ބޭނުންކުރާ ތަކެއްޗށް ގެއްލުމެއް ލިބިއްޖެނަމަ ވަގުތުން މަރުކަޒުގެ އޮފީހަށް އެކަން އަންގާ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން. އަދި އެރޮބިކްސްއަށް ބޭނުންކުރެވޭ ރޫމްގެ މެއިންޓަނަންސްއަށް ބޭނުންވާ ކަންތައްތައް ރިޕޯރޓްކުރުން.

               

 ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. (ފޯމް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނޭ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމޭގޮތަށް)

3-      ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް.

4-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

5-      މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. (އެއްވެސްތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.)

 

މަސައްކަތަށް އެންމެ ޤާބިލް ފަރާތް

ހޮވުމުގައި އިސްކަންދެވޭނެ

ކަންތައްތައް          1- މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވާ ސެޓްފިކެޓަށާއި، ތަޖުރިބާއަށް.

                     2- މަސައްކަތުގެ ހުނަރާއި ޤާބިލުކަމަށް.

                     3- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށް ވުން.    

 

މަޤާމަށް އެދެންވީގޮތާއި، ސުންގަޑި: މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ޖެނުއަރީ 2021 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން، ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި، ލިޔުންތައް އީމެއިލް hinn.office@gmailcom

މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާޢަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެތަނާއި މުއްދަތު: މިމަޤާމަށް މީހަކުހޮވުމަށް ބޭއްވޭއިންޓަރވިއު އޮންނާނީ 2021 ޖެނުއަރީ 21 އާ 31  ދެމެދު ހިންނަވަރު ކައުންސިލް އިދާރާގައެވެ.

 

ސޯޓް ލިސްޓްކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު: މިއިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620301 ނަމްބަރ ފޯނާއެވެ.

              ނޯޓް: މި ވަޒީފާއަށް ނެގޭ މުވައްޒަފުންގެ ޙާޟިރީއަށާ، މަސައްކަތަށް ބަލައި ހާޟިރީއަށް ފަރުވާތެރިވެ މަސައްކަތަށް ޤާބިލުނަމަ ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށްދެވޭނެއެވެ.

27 ޖުމާދަލް އައްވަލް 1442

11 ޖެނުއަރީ  2021

11 ޖަނަވަރީ 2021
ހޯދާ